މަހްލޫފް މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދް މަހްލޫފް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ. 2009ވަނަ އަހަރުން ފެށިގެން މިއަދާއި ހަމަހައަށް މަހްލޫފް ވަނީ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާ ތަމްސީލު ކުރައްވާފައެވެ. ދާއިރާގެ ރައްޔިތުން މަހްލޫފަށް ކުރެއްވި އިތުބާރާއި ތާއީދާއި ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބަށް މަހްލުފްވަނީ ޝުކުރު އަދާކޮށްފައެވެ.

ޚަބަރު ލިބޭ ގޮތުގައި އިބްރާޙިމް މުޙައްމަދް ޞާލިޙްގެ ކެބިނެޓުގައި މަހްލޫފް ހިމެނިވަޑައިގަންނަވައެވެ. އަދި މިރޭގެ ވަގުތެއްގައި ޔޫތް މިނިސްޓަރަކަށް މަހްލޫފް އައްޔަން ކުރައްވާނެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.