ކާނަލް ނާޒިމް ރައީސް މުންތަޚަބް އާއި ބައްދަލު ކުރައްވައިފި

ފޮޓޯ: ޓުވިޓަރ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދް ނާޒިމް ރައީސް މުންތަޚަބް އިބްރާހީމް މުޙައްމަދް ޞާލިޙް އާއި ބައްދަލުކުރައްވައިފިއެވެ.

ކާނަލް ނާޒިމް ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައްގައެވެ. ނާޒިމް ރާއްޖެ ވަޑައިގެންނެވީ މިނިވަނެއްގެ ގޮތުގައެވެ. ނާޒިމް ބޭސް ފަރުވާއަށް ފުރައިވަޑައިގެންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަމުންނެވެ.

ނަމަވެސް ނޮވެންބަރު މަހުގެ 4ވަނަ ދުވަހު ސުޕްރީމް ކޯޓުންވަނީ ނާޒިމްގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރު ކުރައްވާފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.