ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑުން ޗެއަރޕަރސަންގެ މަގާމަށް ފަރީހާ ޝަރީފް އައްޔަނުކޮށްފި

index

މިއަދު ބޭއްވުނު ބޭންކް އޮފް މޯލްޑިވްސް ގެ ޑިރެކްޓަރުންގެ ބޯޑް ގެ ޖަލްސާގައި އެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް އަނެއްކާ ވެސް ފަރީހާ ޝަރީފް، ހ. ޔެލޯ ރޯޒް، ހޮވައިފިއެވެ. ބީއެމްއެލްގެ ޗެއަރޕަރސަންގެ މަގާމަށް މެއި 2015 ގައި އައްޔަނު ކުރެވުނު ފަރީހާ ވަނީ އެބޭފުޅާގެ ޗެއަރޕަރސަން ކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރައްވާފައެވެ.

ފަރީހާ ޝަރީފަކީ އެފް.ޖޭ.އެސް އެސޯސިއޭޓްސް އެލްއެލްޕީގެ ފައުންޑަރެއް އަދި ކުރީގެ މެނޭޖިންގ ޕާޓްނަރ (2010 އިން 2014 އަށް) އެވެ. މިހާރު ފަރީހާ ހުންނެވީ އެ ކުންފުނީގެ ސީނިއަރ ޕާޓްނަރގެ މަގާމުގައެވެ. އޭނާއަކީ އެފް.ޖޭ.އެސް ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެކެވެ. އަދި އެބޭފުޅާއަކީ 2012 އިން ފެށިގެން އެޑަމް ސްމިތް އިންޓަނޭޝަނަލްގެ އިންޑިޕެންޑެންޓް ކޮންސަލްޓެންޓެކެވެ. ބީއެމްއެލްގެ ޗެއަރޕަރސަންގެ މަގާމަށް ހޮވުމުގެ ކުރިން، އަލްފާޟިލާ ފަރީހާ ވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ (އެމްޕީއޭއޯ) ބޯޑު މެންބަރެއްގެ ގޮތުގައި 6 އަހަރު ހޭދަކުރައްވާފައިވެއެވެ.

މަގާމަށް އައްޔަނު ކުރެވުމާ ގުޅިގެން ފަރީހާ ވިދާޅުވީ " އަޅުގަނޑު ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަން މަގާމުގައި މި ބޯޑު މެންބަރުންނާއެކު ކުރިއަށް ދިޔުމަށް ފުރުސަތު ލިބުނުކަމީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑަށް ވެވުނު މިންވަރަކުން ބޭންކުގެ ކުރިއެރުމަށް މަސައްކަތްކުރާނަން. ބޭންކުން ހޯދާފައިވާ ނަތީޖާ އަށް ބަލާލާއިރު ވަރުގަދަ މާލީ ކުރިއެރުމަކާއި، ލޯނު ދޫކުރެވިފައިވާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވުމާއި، ޚިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުވެފައިވާ މަންޒަރަކީ ވަރަށް ވެސް ހިތްހަމަޖެހޭ މަންޒަރެކެވެ. ނަމަވެސް ބޭންކުގެ ކުރިއެރުމުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގެ މުޅި އާބާދީއަށް ބޭންކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ ބޮޑެތި އިންވެސްޓްމަންޓްތައް. 2015 ވަނަ އަހަރަކީ ބޭންކުގެ ތާރީޚުގައި ވެސް އެންމެ ރަނގަޅު އެއް އަހަރު އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޭންކުގެ ކުރިމަގު އޮތީ ވެސް ވަރަށް އުޖާލާކޮށް. އަދި ހަމައެހެންމެ އަޅުގަނޑުމެން އެންމެންގެ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އިތުބާރާއެކުގަ."

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • އަލްފާޟިލާ ފަރީހާ ޝަރީފް، ހ. ޔެލޯ ރޯސް
  • މރ. އެންޑްރޫ ހީލީ، ބޭންކް އޮފް މޯލްޑިވްސް ޕލކ
  • އަލްފާޟިލް މުޙައްމަދު ޝަރީފް، މ. އިފާއު
  • އަލްފާޟިލް ޢަބްދުލްހާރިޘް ، ގ. އެކްރާ
  • އަލްފާޟިލް މުޙައްމަދު ލުވެއިޒް ، މއ. ދިލާސާގެ
  • އަލްފާޟިލް މުރުތަޟާ މުޙައްމަދުދީދީ ، މއ. އަޅިވިލާގެ
  • މުޙައްމަދު ޢުމަރު، ތުނޑީގެ، ފ. ނިލަންދޫ
  • އަލްފާޟިލާ ޢާއިޝަތު އަރްޝާ، މ. ނަރުގިސްމާގެއާގެ
  • އަލްފާޟިލް މުޙައްމަދު ޢަބްދުލް ސައްތާރު ، މއ. ޓިޔުލިޕްވިލާ
  • އަލްފާޟިލް އިބްރާހިމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
  • އަލްފާޟިލާ އިބްތިޝާމާ އަޙްމަދު ސަޢީދު، މ. އެގްޒީޓަރ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.