ޑިމޮކްރެސީގެ އަސާސްތަކާ އެއްގޮތަށް ޚިޔާލު ތަފާތުވުންތަކާ އެކީގަ ޙައްލު ހޯދޭނެ: ރައީސް ނަޝީދް

އެމްޑީޕީއަށް ތާއީދުކުރާ މެންބަރުންނާ އިއްތިހާދުގެ މެންބަރުންގެ މެދުގައި ކޯޅުންތަކެއް އުފެދިފައިވަނިކޮށް ޑިމޮކްރެސީގެ އަސާސްތަކާ އެއްގޮތަށް ޚިޔާޅު ތަފަތުވުންތަކާ އެކީގަ ޙައްލު ހޯދޭނެ ކަމަށް ކުރީގެ ރައިސް މުޙައްމަދް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާލުވީ އަލްހާން ފަހްމީގެ ޓުވީޓެއް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާޙިމް ރީޓުވީޓު ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ މެންބަރުން އިއްތިހާދަށާއި ގާސިމަށް ބަހުގެ ޙަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅުގިން ރައިސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ގުޅިފައިވާ ޕާޓީ ތަކުގެ އިއްތިހާދުގައި ހިމެނެނީ ތަފާތު ފިކުރު ކަމަށާއި ރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙް ކުރަން ހިންގަންޖެހޭ ކަންކަމުގައި ވެސް ޕާޓީތައް ޚިޔާލު ތަފާތު ވެދާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ނަޒަރުގައި ޚިޔާޅު ތަފާތުވުންތަކާ އެކުވެސް ޙައްލު ހޯދޭނެކަމަށެވެ.

 ގާސިމްގެ ޓުވީޓާ ގުޅިގެން އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލާޠީފް ޕާޓީތަކުގެ ބަދަހި ގުޅުން ހީނަރުވާފަދަ ކަންކަން ކުރެއްވުން ހުއްޓަވާލެއްވުމަށް ގާސިމަށް އިލްތިމާސް ކުރައްވާފައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.