އިނގިރޭސިވިލާތުގެ ފޮރީން އަދި ކޮމްނަވެލްތް މިނިސްޓަރ އޮފް އޭޝިއާ އަދި ޕެސިފިކް، މާކް ފީލްޑް ރަސްމީ ދަތުރުފުޅެއްގައި މިއަދު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ އިނގިރޭސިވިލާތާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މާކް ފީލްޑް ގެ މި ދަތުރުފުޅުގައި ރައީސް މުންޠަޚަބް އިބްރާހީމް މުޙައްމަދް ޞާލިޙް އާ ބައްދަލުކުރައްވައި އިނޠިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރްހަބާ ދަންނަވާނެ ކަމަށް އިނިގރޭސިވިލާތުގެ ފޮރިން އެފެއަރޒް މިނިސްޓްރީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެއެވެ. އަދި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކޮށް ދިވެހިރާއްޖެ ޑިމޮކްރެސީ އަށް ކުރާ ދަތުރުގައި ކުރިއަށް އޮތްތާނގައި އިނގިރޭސިވިލާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާ ތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށްވެސް މިބަޔާނުގައި ވެއެވެ.
އިބްރާހީމް މުޙައްމަދް ޞާލިހްގެ އިތުރުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދް އާސިމް އާ ބައްދަލު ކުރައްވައި ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު މަޝްވަރާ ކުރައްވާނެއެވެ.
ހަމަ އެ އާއެކު އިސް ސަފުގައި މަސައްލަތް ކުރައްވާ ގާނޫނީ ވަކީލުންނާއި އަދި ސިވިލް ސޮސައިޓީ މަންދޫބުންނާ ބައްދަލު ކުރައްވައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ހަރުދަނާ ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މއީ މާކް ފީލްޑް ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރާއްޖޭގެ ތާރީޚުގައި މިފަދަ މުހިއމު ދަނޑިވަޅެއްގައި ރާއްޖެ ވަޑައިގެންނެވުމުގެ ޝަރަފް ލިބުމަކީ އުފާފުޅު ކުރައްވާ ކަމެއް ކަމަށް ވިދަޅުވެ މިނސްޓަރ ވަނީ ޓުވީޓު ކުރައްވާފައެވެ.
Look forward to discussing with lots of Maldivians, including President-Elect Solih, how the UK can support Maldives on its journey to consolidate and strengthen its democracy. ?? ?? pic.twitter.com/h6GLGyoWEo
— Mark Field (@MarkFieldUK) October 7, 2018
Delighted to be in Male’ for my first visit to #Maldives at this exciting time. Looking forward to discussing how we can further strengthen the ?? ?? relationship. https://t.co/5B752tjjv7
— Mark Field (@MarkFieldUK) October 7, 2018