މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ ފޯނު އަތުލައިގެންފި

Phone-1

މާލެ އަތޮޅު މާފުށި ޖަލަށް އެތެރެކުރަން މާލެއިން މާފުށްޓަށް ގެންދަން މަސައްކަތްކުރި ގިނަ ޢަދަދެއްގެ މޮބައިލް ފޯނާއި އެހެނިހެން ބައެއްތަކެތި މާލެއިން އަތުލައިގަނެ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއެކު ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ފުލުހުންނާއި ޖެނެރަލް އިންވެސްޓިގޭޝަންސްގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިތަކެތި އަތުލާފައިވަނީ މާލެއިން މާފުށްޓަށް ބަންދު މީހުން އުފުލާ ފެރީއަށް އަރުވާފައި ހުއްޓައެވެ.

phone 4މިތަކެތި މާފުށީ ޖަލަށް ގެންދިއުމަށްޓަކައި ބަންދުކޮށްފައި ހުރީ ލަކުޑި ޕެލެޓްތަކެއްގެ ތެރޭގައި ލަކުޑިގަނޑު ކަނޑައިގެން އެލަކުޑިގަނޑުގައި ބަންދުކޮށްގެން ގެންދާ ގޮތަށެވެ.

މިއަދު ފުލުހުން އަތުލައިގަތް ތަކެތީގެ ތެރޭގައި މޮބައިލް ފޯނުގެ 44 ފޯނާއި، 36 ޗާޖަރާއި، 26 ސިމްކާޑާއި، 6 ހެޑް ސެޓާއި 4 ކާޑްރީޑާރ އާއި 1 ޔޫއެސްބީ ކޭބަލްގެ އިތުރުން 4 އަތަރު ފުޅި ހިމެނެއެވެ. މިތަކެތީގެ ތެރޭގައި 4 ސްމާޓް ފޯނުވެސް ހިމެނެއެވެ.

މި މަސައްލަ އިތުރަށް ތަޙްޤީޤު ކުރުމުގެ މަސައްކަތް ޖެނެރަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ތަޙްޤީޤު ޓީމުން ދަނީ ކުރަމުންނެވެ.Phone 3

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.