ގާނޫނީ ވަކީލު އަލްއުސްތާޒް ޙުސްނުއްސުޢޫދް އަށް ވަކާލާތު ކުރުން މަނާ ކޮށްފިއެވެ. ސުޢޫދު ސަސްޕެންޑްކުރިކަން އަންގައި ކޮށްފައިވާ އިޢުލާން ޖުޑިޝަރީގެ ރަސްމީ ޓުވިޓަރ އެކައުންޓުން ވަނީ އާއްމުކޮށްފައެވެ.
Lawyer Uz. Husnu Al Suood has been suspended.
ReadMore: https://t.co/DwucotnCv8 pic.twitter.com/QaNRpIFDSY— Maldives Judiciary (@judiciarymv) September 25, 2018
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ނެރެފައިވާ އިއުލާނެއްގައި ވާ ގޮތުން ޙުސްނުއްސުޢޫދް އަށް ވަކާލާތާު ކުރުން މަނާކޮށްފައިވަނީ ސުޢޫދުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓު (@hsuood) އިން މި ސެޕްޓެނަބަރު މަހުގެ 24ވަނ ދުވަހު ޖުޑިޝަރީއާ ގުޅޭގޮތުން ކުރައްވާފައިވާ ޓުވީޓަކާ ގުޅިގެންނާއި، އަދި ހަމަ އެދުވަހު ސުޢޫދް އާ ޙަވާލާދީ ވީނިއުސްގައި ލިޔެފައިވާ ލިޔުމާއި ގުޅިގެން އެމައްސަލަ ބަލަމުންދާތީ އެވެ.
މި ސަސްޕެންޝަންގެ ދަށުން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ސުޢޫދަަށް ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި މިއަދުން ފެށިގެން ވަކާލާތު ކުރެއްވުން ވަނީ މަނާކޮށްފައެވެ. ސުޢޫދް ސަސްޕެންޑްކުރަން ނިންމެވީ ސުްޕރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.