ސައުދީ އަރަބިއްޔާގެ ރަސްގެފާނަށް ރައީސް ތަހުނީ ދަންނަވައިފި

ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ އުމީ ދުވަހުގެ މުނާސަބަތުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށާއި އެ ޤައުމުގެ ވަލީއަޙުދު ހ5ިޒް ރޯޔަލް ހައިނެސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށާއި އަދި އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ތަހުނިޔާ ވިދާޅުވެ މެސެޖު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި ވަލީއަހުދަށް ފޮނުއްވި މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާއަކީ ޤައުމުގެ ކުރިއެރުމާއި، ސުލްޙަމަސަލަސްކަމުގައްޔާއި، ތަރައްޤީގެ ރޮނގުގައި ހަމަހަމަކަން ގާއިމްކުރުމުގައި ފާހަގަކޮށްލެވޭ ގައުމެއްކަމުގައި ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި ޤައުމުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތަކަށާއި، ދާއިމީ މަންފާތައް ލިބިދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މިއަދު މި ފާހަގަކުރާ ޤައުމީ ދުވަހަކީ ސަޢުދީ ސަރުކާރާއި، ރައްޔިތުން ގުޅިގެން 2030 ގެ ތަޞައްވުރު ހާސިލްކުރުމަށް އައު އަޒުމަކާއެކު މަސައްކަތް ކުރުމަށް މުނާސަބު ދުވަހެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ވަލީއަޙުދުގެ ޒަޢާމަތުގައި ސަޢުދީ އަރަބިއްޔާ ކުރިއައަރާގޮސް އާހަރުފަތްތަކަކަށް ވާސިލްވާނެކަމަށް ޔަޤީން ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސަޢުދީ ޢަރަބިއްޔާގެ ވެރިންނަށް ފޮނުއްވި މިމެސެޖުގައި އެމަނިކުފާނު ވަނީ ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާއި ދެމެދުގައި އޮތް 37 އަހަރުވީ ޒަމާންވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެ އެކުގައި އާ މަޝްރޫޢުތަކަކާއިއެކު ކުރިއަށްދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.