އަނުޝްކާ ޝަރްމާ އަށް ސްމީތާ ޕަޓީލް އެވޯޑް

އަނުޝްކާ ޝަރްމާ ބޮލީވުޑަށް ތައާރަފްވީ 2008ވަނަ އަހަރު 'ރަބް ނޭ ބަނާ ދީ ޖޯޅީ' އިންނެވެ. އެއިރުން ފެށިގެން އޭނާ ވަނީ ވަރުގަދަ ޕާފޯމަންސްތަކެއް ބެލުންތެރީންނާ ހަމައަށް ގެނެސްދީފައެވެ. ދިހަ އަހަރުތެރޭގައި އޭނާއަށް ތާއީދުކުރާ ގިނަ ބަޔަކު ލިބުނެވެ. 34ވަނަ ޕްރިޔަދަރްޝިނީ ގްލޯބަލް އެވޯޑްސް ގައި އަނުޝްކާ އަށް އިއްޔެ ވަނީ ސްމީތާ ޕަޓޭލް އެވޯޑް ދީފައެވެ.

މިހަފްލާއަށް އަނުޝްކާ ޚިޔާރު ކުރީ އިންޑިއާގެ ފަންނާނުންގެ ފަރުމާކޮށްފައިވާ އެމެރަލްޑް ގްރީން ކުލައިގެ ސާޅީ އެކެވެ. މި ހަފްލާއަށް އޭނާ މި ސާޅީ އެޅީ މިހާރު މި މަހުގެ 28ވަނަ ދުވަހު ރިލީޒްކުރާ އޭނާގެ ފިލްމް 'ސުއި ދާގާ' ގެ ޕްރޮމޯޓް ކުރުމަށެވެ. ރަންކުލައިން ޖަރީކޮށްފައިވާ ސާޅީ އާއެކު އަނުޝްކާ ކަރުގައި އަޅާފައިވަނީ ރަން ކުލައިގެ ހާރެކެވެ. އަދި އިސްތަށިގަނޑު ވަނީ ހުޅިއެއްޖަހާފައެވެ.

އެވޯޑާ ހަވާލުވުމަށްފަހު އަނުޝްކާ ބުނީ އޭނާ ހަފްލާއަށް ދިޔައީ ސްޕީޗަކަށް ތައްޔާރުވެގެން ނޫންކަމަށެވެ. ނަމަވެސް ސްމީތާ ޕަޓޭލް ގެ މަސައްކަތް އޭނާއަށް ފެނިފައިވާވާ ކަމަށް އަނުޝްކާ ބުންޏެވެ. ޕްރިޔާދަރްޝަނީ އެކަޑެމީ އިން ސްމީތާ ފަދަ ކުޅަދާނަ އެކްޓްރެސް އަކަށް ޚާއްޞަކޮށްގެން ދޭ އެވޯޑެއް ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އަނުޝްކާ ބުންޏެވެ. އަނުޝްކާ ބުނި ގޮތުގައި އިއްޔެ އަކީ އޭނާ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 10 އަހަރު ފުރުނު ދުވަހެވެ. އެއީވެސް އޭނާއަށް އެވޯޑް ޚާއްޞަވާ ސަބަބެއްކަމުގައެވެ.

އަނުޝްކާ އަކީ ފިލްމީ އާއިލާ އަކަށް ނިސްބަތްވާ ތަރިއެއް ނޫނެވެ. އެކަން ފާހަގަކޮށް އޭނާ ބުނެފައިވަނީ އޭނާއަށް މަގު ދައްކާނޭ އެއްވެސް މީހަކު އިންޑަސްތްރީގައި ނެތްކަމަށެވެ. އޭނާގެ ބައެއް ޕްރޮޖެކްޓްތަކުން އެކަން ފާހަގަވާނެ ކަމަށްވެސް އަނުޝްކާ ބުންޏެވެ.

އެހެން ތަރީންނާ ޚިލާފަށް އަނުޝްކާ ވަނީ އޭނާ މަސައްކަތް ކުރި ފިލްމުތަކުގެ ވާހަކަ ލިޔެފައިވާ ލިޔުންތެރީންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ކުޅެފައިވާ މޮޅު ރޯލުތަކަކީ ލިޔުންތެރީން އޭނާއަށް ދީފައިވާ ފުރުސަތެއްކަމަށްވެސް އަނުޝްކާ ބުންޏެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.