އިބޫގެ ސަރުކާރުގައި މަޑިފުށްޓާއި ދިޔަމިގިލި ގުޅައިލާނަން: ފައިސަލް

އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ވެރިކަމެއްގައި ތ. އަތޮޅު މަޑިފުށްޓާއި ދިޔަމިގިލި ގުޅައި ލައްވާނެ ކަމަށް އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ތ.އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ރަށްރަށަށް ވަޑައިގެންނެވުމުން ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ގާތުންފެނި އަޑުއިވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ތ. މަޑިފުށްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ މަޑިފުށްޓާއި ދިޔަމިގިއްޔަށް ދިމާވެފައިވާ މައްސަލައަކީ ބިމުގެ މައްސަލަ ކަމަށެވެ. އެމައްސަލަ ހައްލު ކުރުމަށް އެ ދެރަށް ގުޅާލުމަކީ ދެ ރަށުގެ ރައްޔިތުން ވެސް ބޭނުންވާ ކަމެއްކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

"މިރަށާއި ދިޔަމިގިލީ ރައްޔިތުން ވެސް އެންމެ އެދޭ އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެނގިގެން ގޮސްފައިވަނީ މި ދެރަށް ގުޅުލުމުގެ މަސައްކަތް. އިރާދަ ކުރެއްވިއްޔާ އެކަންތައްތައް ކުރިއަށްދާނެ،" ފައިސަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި އެ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރައްވާނީ އަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެން އަންނަ ގޮތަށް ކަމަށެވެ. ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށް އެބޭފުޅުންގެ ވެރިކަމުގައި އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެކަންކަމުގެ އިތުރަށް ރައްޔިތުންގެ މަޖިލިސް ވެސް ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމަށްޓަކައި މެމްބަރުންގެ މަސައްކަތްތަކަށް އޮތް ހުރަހަކަށް އެބޭފުޅުންގެ ސަރުކާރު ދުވަހަކުވެސް ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.