ޕީޕީއެމްއާއެކު ޖުމްހޫރީޕާޓީ ކޯލިޝަން ހަދައިގެން އުޅުނު ދުވަސްވަރު އެޕާޓީގެ ލީޑަރު ގާސިމްއިބްރާހީމާއި އެޕާޓީގެ މެމްބަރުންގެ ވޯޓު ބަޖެޓަށް ހޯއްދަވަނީ ފަޅުތަކާއި ބިންތައް އެބޭފުޅާއަށް ލިބިވަޑައިގެންނެވުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިރޭ ލ. ފޮނަދޫއަށް ވަޑައިގެން ހައްދުންމަތީ ބޮޑުމަގާއި، ފޮނަދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ އިސްކަމެއްދޭ އިންޓަރގްރޭޓެޑް ޓޫރިޒަމްގެ އެންމެ ބޮޑު ކޮންސެޕްޓެއް އޮތީވެސް ހައްދުންމަތީގައި. އެހެންނަމަވެސް ހައްދުން މައްޗަށް އިންޓަރ ގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓެއް ހިފައިގެން ތެދުވަން އަޅުގަނޑުމެންނަށް ދަތިވީ އެމަޝްރޫއު އަޅުގަނޑުމެން ފަށަން އެމަޝްރޫ ފަރުމާކުރަމުން ދިޔައިރު އަޅުގަނޑުމެންނަށް އެނގުމަކާނުލައި ރާއްޖޭގެ އެކިހިސާބުތަކުގެ ފަޅުތަކާއި ރަށްތަކާ އެކިގޮތްގޮތަށް ދެމުންގެންދިޔަ. މީގެ އެންމެބޮޑު މަންފާއެއް ލިބިފައިހުންނެވި އެއްބޭފުޅަކީ ޖުމްހޫރީޕާޓީގެ ލީޑަރު،" ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާއެކީ ކޯލިޝަން ހަދައިގެން (ގާސިމް) ހުރި އިރުވެސް އަޅުގަނޑުމެން ބަޖެޓަށް އެބޭފުޅާގެ ވޯޓު ހޯދަނީވެސް އަދި އެބޭފުޅާގެ ޕާޓީގެ މެމްބަރުންގެ ވޯޓު ހޯދަނީވެސް މިދެންނެވި ފަޅުތަކާއި ބިންތައް އެބޭފުޅާއަށް ލިބުނީމާއި. މިކަންކަން ހިނގާފައިހުރީއެއް ރައީސުލްޖުމްހޫރިއްޔާއަށް އެނގިގެނެއްނޫން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަންކަން ހިނގާފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓްރީ ބަލަހައްޓަވަމުން ގެންދެވި އަހުމަދު އަދީބު ގާސިމާ ދޭތެރޭގައި ކުރެއްވި މުއާމަލާތާއި، މުއާސަލާތުގެ ތެރެއިން ކަމަށެވެ.
އެކަންކަން މިއަދު ވަނީ ތިލަވެފައި ކަމަށާއި އެކަންކަމުގެ ތަހުގީގަށްފަހު ހުކުމްތަކެއް ވެސް ތަންފީޒު ވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅވިއެވެ.
all the more reason not to vote you. We elected you to administer the country and you do not know what is happening. All leadership decisions are made by your wife.