މުޅިރާއްޖެއިން ފެންނަމުން ދަނީ އިބޫއަށް އޮތް ބޮޑު ތާއިދު: ރޮޒޭނާ

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަމުންދަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އަށް އޮތް ތާއީދު ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގއ. ވިލިގިލީގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ހުވަދުއަތޮޅު ކޮންމެ ރަށަކުން ވެސް ފެންނަނީ އިބޫއަށްއޮތް ތާއީދު ކަމަށެވެ. ގައްދޫ، ކޮލަމާފުށި އަދި ވިލިގިލި ފަދަ ރަށްރަށުން އެމަނިކުފާނަށް ވަރަށްބޮޑު ތާއިދެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހުވަދޫގެ އިތުރަށް ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް ފެންނަމުންދަނީ އެމަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ އިދިކޮޅުން ކެމްޕޭނަށް ނުކުތްއިރު ރައީސް ޔާމީންގެ ހަތަރެސްފައި ނުބަނދެ ނުކުތުމަކީ މޮޔަކަމެއް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ހަތަރެސް ފައި އެއްވެސް ބަޔަކު ބަންނަން ނުޖެހޭ ކަމަށާއި އެމަނިކުފާނަށް މިފަހަރުގެ އިންތިޚާބު ކާމިޔާބު ނުވާނެކަން ވިލިގިލިން މިރޭ ފެންނަމުންދާ މަންޒަރުތަކުން ވެސް ކަށަވަރުވެފައިވާ ކަމަށް ރޮޒޭ ވިދާޅުވިއެވެ.

ދިވެހި ޒުވާނުންތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި ސެޕްޓެމްބަރު 23 ގައި އެ ބަދަލް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.