އިބޫއަށް ތާއީދު ކުރުމުގެ ގޮތުން އައްޑޫގައި ސައިކަލް ބުރެއް ބާއްވައިފި

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އަށް ތާއިދު ހޯދުމުގެ ގޮތުން އައްޑޫސިޓީގައި ސައިކަލް ބުރެއް ބާއްވައިފިއެވެ.

މިހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަމުންދާ އިބްރާހީމް ރަޝީދު ވިދާޅުވީ މިއީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި ބުރެއް ކަމަށެވެ. މިހަރަކާތް އިންތިޒާމް ކުރުމުގައި ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ އިބޫއަށް ކެމްޕޭން ކުރުމުގެ ގޮތުން ބޭއްވި ބުރެއް. މިއަދުގެ ބުރުގައި އެއްވެސް ސިޔާސީ ޝުއޫރެއް ފާޅެއް ނުކުރޭ. އެކަމަކު އިބޫއަށް ތާއީދު ކުރުމުގެ ގޮތުން ޝުއޫރުފާޅު ކުރާނެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ލޯގޯ ޖެހި ދިދަތައް ވެސް ބޭނުންކޮށްފައިވާނެ،" އިބްރާހީމް ރަޝީދު (އިބުރޭ) ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ހަރަކާތުގައި އިދިކޮޅު ފަރާތްތަކަށް ތާއިދުކުރާ ގިނަމީހުން ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ ގެ ސަޕޯޓަރުން ހިމެނެއެވެ. މިހުރިހާ ރަށްރަށުގެ ސަޕޯޓަރުން ހިމެނިގެން ބޭއްވި ވެހިކަލްބުރު ބޭއްވި މަރަދޫ ހިމެނޭ ސަރަހައްދުގައެވެ. ސައިކަލް ބުރު ފެށީ މަރަދޫ ބަނދަރުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.