އެމްއެންޔޫގެ ގްރެޖުއޭޝަން ބުރިޖުގައި ބާއްވަނީ

ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާއަރުވަނީ

މޯލްޑިވްސް ނޭޝަނަލް ޔުނިވަރުސިޓީ (އެމްއެންޔޫ) އިން ސެޕްޓެމްބަރު 2 ގައި ބާއްވާ އެޔުނިވަރުސިޓީގެ ގުރެޖުއޭޝަން ސިނަމާލެ ބްރިޖުގައި ބާއްވާ ގޮތަށް ހަމަ ޖައްސަވައިފިއެވެ.

މިކަމާބެހޭ ގޮތުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޔުނިވަރުސިޓީގެ ގްރެޖުއޭޝަން ބުރިޖުގައި ބޭއްވުމުގެ ހުއްދަ ރައީސް އަބްދުﷲ ޔާމީން ދެއްވައިފައިވާ ކަމަށެވެ. އެކަމަށްޓަކައި ހުރިހާ ދަސްވެނިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް މަރުހަބާ ދަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވައިފައިވަނީ ރޭގައެވެ. ހުޅުވައި ދެއްވީ ރައީސް ޔާމީނާއި ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ޗައިނާ ސަރުކާރުން ފޮނުވި ޚާއްސަ މަންދޫބު ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ވަންގ ޝިއާއޮތާއޮ އެވެ.

ބްރިޖު ހުޅުވުމަށްފަހު ބްރިޖުމަތީގައިކުރާ އައުކައިވެނިތައް ކުރުން މިއަދު އޮންނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.