ރަށްވެހިވެފއިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރަން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފޯމު ބާޠިލުކުރެވުނު ފަރާތްތަކުން ދީފައިވާ މުއްދަތުގައި ރީރަޖިސްޓަރީ ނުކޮށްފިނަމަ ވޯޓުލެވޭނީ ރަށްވެފހި ވެފައިވާ ރަށުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން މިހެން ވިދާޅުވީ ކޮމިޝަނުންގެ ވެބްސައިޓުގަިއ މިއަދު އާއްމުކުރި އިއުލާނެއްގައެވެ. ރީރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން ހަވީރު 06:00ގެ ނިޔަލަށެވެ.
އިލެކްޝަނސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނާގޮތުން ރިޔާސީ އިންޠިޚާބުގައި ރަށްވެހިވެފއަިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓްރޭޝަން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން 5626 ފޯމެއް ވަނީ ބާޠިލުކޮށްފައެވެ. މި ފޯމުތައް ބާޠިލުކުރެވުނީ ފޯމުތަކުގައިވާ މައުލޫމާތުގެ ޞައްޙަކަން ކަށަވަރު ނުވާތީކަމަށް އިލެކްޝަންސްގެ އިއުލާނުގައި ބުނެފައިވެއެވެ. އިލެކްޝަންސްގެ އިއުލާނުގައިވާ ގޮތުން ޞައްޙަކަން ކަށަވަރު ނުވުމުގެ ސަބަބުން ރީރެޖިސްޓްރޭޝަން ފޯމު ބާޠިލުވާ ފަރާތްތަކުގެ ލިސްޓެއް އެ ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢުކޮށް އަދި ސިޔާސި ޕާޓީ ތަކާ ހިއްސާ ކުރެވޭނެއެވެ.
ރީ ރަޖިސްޓަރީ ވާން ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމް" އިން ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައްޔާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައްޔާއި އަދި މާލޭ ސިޓީގައި ނަމަ އިންޠިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައެވެ. ފޯމުތައް ބަލައިގަންނާޏީ 27 އޯގަސްޓް 2018 އިން 29 އޯގަސްޓް 2018 އަށް ކޮންެމ ދުވަހަކު ހެނދުނު 08:30 އިން ހަވީރު 06:00ގެ ނިޔަލަށް ކަމުގައި އިލެކްޝަންސް އިން ހާމަކުރެއެވެ.
ރާއްޖެއިން ބޭރުގައި ނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު04:00 އަށް ކަމުގައިވެސް އިލެކްޝަންސް އިން ނެރުނު އިއުލާނުގައި ވެއެވެ.