ރައީސް ޔާމީން މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް ދައްކާ ވާހަކައަކީ ދޮގު- މުއާޒް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް ދައްކާ ވާހަކަތަކަކީ ދޮގު ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މުއާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ރައީސްކަމާ ހަވާލުވަޑައިގަތީއްސުރެ އެމަނިކުފާނަކީ ކޮންމެ އަހަރަކުވެސް އޮޑިޓަރ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާން ބަލައިގެންފައިވާ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް ދައްކާ ވާހަކައަކީ ދޮގެއް" މުއާޒް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މުދަލާއި ފައިސާގެ މާލީ ބަޔާނެއް ކޮންމެ އަހަރަކުވެސް ދައުލަތުގެ އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅަން ވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށްވެސް މާލީ ބަޔާން ހުށަހަޅަން ޤާނޫނުން ވަނީ ލާޒިމް ކޮށްފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.