މަޅުމަތި: އައު އުފެއްދުން

އެމެރިކާ މީހާ ބުންޏެވެ.

އަހަރެމެންގެ ގައުމުގައި ފެން އަޅައިގެން ދުއްވާ ކާރެއް އުފައްދައިފިއެވެ.

ރޫސީ މީހާ ބުންޏެވެ.

އަހަރެމެންގެ ގައުމުގައި ދޮންވެ ފައްކާ ވެފައިވާ މޭވާ އަޅާ މެޝިނެއް އުފައްދައިފިއެވެ.

އިންޑިއާ މީހާ ބުންޏެވެ.

އަހަރެމެންގެ ގައުމުގައި ރުފިޔާ ޖަހާ އޭޓީއެމެއް އުފައްދައިފިއެވެ.

ޖަރުމަނު މީހާ ބުންޏެވެ.

އަހަރެމެންގެ ގައުމުގައި ވައިން ޗާޖު ކުރެވޭ މޯބައިލް ފޯނު އުފައްދައިފިއެވެ.

ބާކީ ހުރީ ދިވެހިރާއްޖޭގެ މީހާއެވެ.

އޭނާ ވިސްނާން ފަށައިފިއެވެ.

ދިވެހިރާއްޖޭގައި އައު އުފެއްދުމެއް އެބައޮތް ބާވައެވެ؟

އަހަރެމެންނަށް ދުވަހަކުވެސް އެއްޗެއް އުފެއްދުނު ހެއްޔެވެ؟

އެންމެ ފަހުން ވަރަށް ބޮޑަށް ފިކުރު ހިންގުމަށް ފަހު ދިވެހި މީހާ  ބުންޏެވެ.

އަހަރެމެންގެ ގައުމުގައި ދޮގު ވާހަކައިން ޗާޖު ކުރެވޭ އިންސާނުން އުފައްދައިފިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.