އިސްލާމް ދީނަށް އަމާޒުކޮށް ނާއިންސާފު އަމަލު ހިންގާތީ ހިތް ނުތަނަވަސްވޭ: ތާޕްސީ ޕައްނޫ

އިސްލާމް ދީނަށް އަމާޒުކޮށް ނާއިންސާފުން ކަންކަން ކުރެވޭތީ އެކަމާ ވަރަށޤ ހިތޔް ނުތަނަވަސް ވާކަމަށް ބޮލީވުޑްގެ ތަރި ތާޕްސީ ޕައްނޫ ބުނެފިއެވެ. މިހާރު ނެރެން ތައްޔާރު ވަމުން އަންނަ ކޯޓްރޫމް ޑްރާމާގެ ތަރީ މި މޭރުމުން ވާހަކަ ދައްކާފައިވަނީ ފިލްމުގެ ޓްރެއިލަރ ލޯންޗުކުރުމަށް ބޭއްވި ހަރަކާތެއްގައެވެ.

'މުލކް' ގައި ތާޕްސީ އަކީ މުސްލިމް އާއިލާއެއްގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލެކެވެ. މުސްލިމް އާއިލާއަކަށް ވީތީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު އާއިލާގެ ބޮލުގައި އަޅުވައި ހިންގާ ޝަރީއަތުގައި ތާޕްސީ މަސައްކަތް ކުރަނީ އެއާއިލާގެ ޝަރަފާއި ގަދަރު އަލުން ހޯދައި ދިނުމަށެވެ.

'މުލްކް' ގެ އޮފިޝަލް ޓްރެއިލަރ:

"ވަކި ދީނަކަށް ނިސްބަތްވާތީ ނާއިންސާފުން ކަންކަން ކުރަ ތަން ފެނުމުން ހިތަށް ނުތަނަވަސްކަން ލިބޭ. އަހަންނަށް އެ އުނދަގޫ ވަނީ އަހަރެންގެ އާއިލާގެ ހުރިހާ ކަމެއްވެސް ބަލަހައްޓަނީ މުސްލިމުން. އަހަރެންގެ ޑްރައިވަރަކީ މުސްލިމެއް. މެނާޖަރަކީ މުސްލިމެއް. ހައުސްމެއިޑަކީ މުސްލިމެއް. ހުރިހާ އެންމެންނަކީ ވެސް މުސްލިމުން. އެއީ އަހަރެންގެ ހަޔާތުން ވަކި ނުކުރެވޭނެ ބައެއް"، މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބުދެމުން ތާޕްސީ ބުންޏެވެ.

ތާޕްސީ ބުނިގޮތުގައި އޭނާ މި ފިލްމު ކުޅެން އެއްބަސްވީ އެމައްސަލައަށް އެޑްރެސް ކުރުމުގެ ގޮތުންނެވެ. މުސްލިމުންނާ ދޭތެރޭ އިހާނެތިކޮށް ކަންކުރެވޭތަން ބަލަން އޭނާއަކަށް ފަސޭހައެއް ނޫނެވެ. ތާޕްސީ ދެކޭ ގޮތުގައި އެފަދަ މައްސަލަ ތަކަށް އެޑްރެސް ކުރުމަކީ ސަރުކާރުގެ އެކަނި ޒިއްމާ އެއް ނޫނެވެ. އެއީ ފަރުދީ ޒިއްމާ އެކެވެ. ފިލްމުގައި ކޔާފައިވާ ހުރިހާ ޑައިލޮގެއް ފާލުކޮށްފައިވާނީ އެވިސްނުމުގައެވެ.

އޯގަސްޓު މަހުގެ 3ވަނަ ދުވަހު ފިލްމު ރިލީޒުވުމުން ފިލްމު ބަލާފައި އެމައްސަލަ އާ މެދު އެމީހުން ދެކޭގޮތް ވިސްނޭނެކަމަށް އޭނާ ހުރީ އުއްމީދުކޮށްގެންނެވެ. އެ މުސްލިމު އާއިލާ އަށް ނާއިސާފާ ކުރިމަތިވެ ގައުމުގައި އުޅޫމުގެ ހައްގު ހޯދަން ކުރާ މަސައްކަތް ފިލްމުން ވަރަށް ފުރިހަމައަށް ފެންނާނެ ކަމަށް ތާޕްސީ ބުންޏެވެ.

ތާޕްސީ ގެ އިތުރުން ރިޝީ ކަޕޫރް އާއި ނީނާ ގުޕްތާ، ކުމުދް މިޝްރާ، އަޝުތޯޝް ރާނާ، ޕްރާޗީ ޝާހް ޕާންޑިޔާ، ވަރްތިކާ ސިންގހް، އަޝްރުތް ޖެއިން އަދި އިންދްރާނޭލް ސެންގުޕްތާ ވަނީ މި ފިލމުގައ މުހިއްމު ބައިތަކެއް އަދާކޮށްފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.