އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އީބު ކަމަށް ކަނޑައަޅައިފި

އިބްރާހީމް މުހައްމަދު ސާލިހު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ޕަލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު ކަމަށް އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ ކޮންގްރެސް ފާސްކޮށްފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫގެ ނަން ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެ ނަން އޭނާ ހުށަހަޅުއްވީ ގަރާރެއްގެ ސިފައިގައެވެ. މިގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި އެންމެހާ މެންބަރުންގެ އިއްތިފާގުންނެވެ.

އިބޫ ވިދާޅުވީ އޭނާ ވެގެންދާނީ ރައްޔިތުންގެ މީހަކަށް ކަމަށެވެ. އެއްވެސް މީހެއްގެ އަޅަކަށް އޭނާ ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ކުރިއަށްދާނީވެސް ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުން ބޭނުވާ ގޮތަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދިވެހި ފުލުހުނާއި ސިފައިން ސިޔާސީ ނުފޫޒުތަކުން ސަލާމަތް ކޮށްދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ގައުމުގައި އިންސާފު ގާއިމް ކުރެއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރާއްޖެއަކީ މުއްސަނދި ގައުމެއް ކަމަށާއި އެ މުއްސަނދިކަން ބޭނުން ކުރައްވައިގެން އިގްތިސާދު އާ އުސްމިންތަކަކަށް ގެންދަވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.