ބޮޑު ރާޅަކާއެކު ލޯންޗެއް އަޑިއަށް ހިނގައްޖެ

ހއ. މަނަފަރު ރިސޯޓުން ފުރައިގެން އެ އަތޮޅު ދިއްދު އަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެ ލޯންޗު އަށް އަޑިއަށް ދިޔައީ އެއަތޮޅު ގައްލަންދޫ ކައިރިއަށް ކަމަށެވެ. އެއިން ދަތުރުކުރި ދެ މީހުން ވެސް މިހާރުވަނީ ސަލާމަތުން ދިއްދުއަށް ގެންގޮސްފައެވެ. ހާދިސާގައި ލޯންޗުވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.

އެ ހާދިސާ ހިނގާފައިވަނީ ނެގި ކުއްލި ރާޅަކުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ލޯންޗު އަޑިއަށް ދިޔުމުން އޭގެ ވެރި މީހާއަށް ނުވަލައްކަ ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޭނާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އެއީ އިންޝުއަރެންސް ކޮށްފައިވާ އުޅަނދެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މަނފަރަށް ބަޔަކުލާން ދިޔައިރު ކަނޑު އޮތީ އާދައިގެން ވަރަކަށެވެ އެހެން ނަމަވެސް އެނބުރި ރަށަށް ދިޔައިރު ކަނޑު ވަރަށްގަދަކަމަށްވެސް އޭގެ ވެރިމީހާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.