ވޮއްމުލި ރިސޯޓުގެ ސްޕަރ ޓްރީޓމެންޓް ރޫމެއްގައި ރޯވެ ގެއްލުން ވެއްޖެ

ދ.ވޮއްމުލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 09:06 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ސިފައިން ވަނީ އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައެވެ. މި މަސައްކަތުގައި އެ ރިސޯޓުގެ ފަޔަރ ޓީމްވެސް ވަނީ ބައިވެރިވެފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ވޮއްމުލި ރިސޯޓުގެ ޕްރައިވެޓް ސްޕާ އޭރިއާގައި ހުރި ސްޕާ ޓްރީޓްމަންޓް ރޫމެއްގައެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި އަލިފާނުގެ ހާދިސާގައި ސްޕާ ޓްރީޓްމަންޓް ރޫމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.