ރާއްޖެއަކީ ބޭރު ގައުމުތަކާ އެއްސަފެއްގައި ފައިހަމަކުރެވޭ ގައުމެއް: ރައީސް

ދިވެހިރާއްޖެއަކީ ކުޑަ ގައުމަކަށްވިޔަސް ބޭރު ޤައުމުތަކާއި އެއްސަފުގައި ފައިހަމަކުރެވޭވަރުގެ ޤާބިލު ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅު ގުރައިދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހަވީރު ގުރައިދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެ ފަދަ ޤުދުރަތީ ވަޞީލަތް މަދު ޤައުމަކުން ފާއިތުވެދިޔަ 4 އަހަރެއްހާ ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި އާބާދީގެ ބޮލަކަށް ޖެހޭ މިންވަރު އެތައް ގުނަޔަކަށް އިތުރުކޮށްފައިވުމީ ދިވެހި ހުރިހާ ރައްޔިތުންވެސް އެކަމާ ވިސްނާވަޑައިގަންނަވަންޖެހޭވަރުގެ ކަމެއްކަމަށެވެ.

މިޖަލްސާގައި ރައީސް ވަނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބޮޑެތި ބިޔަ މަޝްރޫޢުތަކާބެހޭ ގޮތުން ވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަވައިފައެވެ. އަދި ވަޒީފާގެ ފުރުސަތު އިތުރުކުރުމަށްޓަކައި ކުރިޔަށް ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވާފައެވެ.

ދިވެހިންގެ ޙާލަތު ބަދަލުކޮށް ވަޞީލަތްތައް އިތުރުކުރުމަށް ދިވެހިން ނުކުރާ މަސައްކަތެއް ކޮށްދޭކަށް އެހެން ބަޔަކު ނާންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ޢަޒުމުގައި ކުރިއަށް ދިއުމަށް މި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް، ބޭނުންވާ ބާރުމިނުގައި ކުރިޔަށް ގެންދިޔުމުގެ ފުރުޞަތު އެންމެހައި ދިވެހި ރައްޔިތުން މި ސަރުކާރަށް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.