2018ވަނަ އަހރުގެ 'އެމްޓީވީ ޓީވީ މޫވީ އެންޑް ޓީވީ އެވޯޑްސް' ހަފްލާގައި އެންމެ މޮޅު ފިލްމުގެ އިނާމް 'ބްލެކް ޕެންތަރ' އަށް ލިބިއްޖެއެވެ. އެވޯޑް ހަފްލާ ހުކުރު ދުވަހު ބާއްވާފައިވީނަމަވެސް ހަފްލާ ޓީވީއިން ދުރަށް ދައްކަފައިވަނީ ހޯމަ ދުވަހުގެ ރެއެވެ. ހަފްލާ ހުށަހަޅައިދިނީ 'ގަރލްސް ޓްރިޕް' ގެ ތަރި ޓިފަނީ ހޭޑިޝް އެވެ. އޭނާ އަށްވެސް އެވޯޑެއް ލިބުނެވެ.
އެންމެ މޮޅު ފިލްމަކަށް 'ބްލެކް ޕެންތަރ' ހޮވިފައިވާ އިރު އެންމެ މޮޅު ޓީވީ ޝޯއަކަށް ހޮވިފައިވަނީ 'ސްޓްރޭންޖަރ ތިންގްސް' އެވެ. ފިލްމެއްގައި އެންމެ މޮޅު ޕާފޯމަންސެއް ދައްކައިގެން އިނާމު ގެންދިޔައީ 'ބްލެކް ޕެންތަރ' ގެ ތަރި ޗެޑްވިކް ބޯޒްމަން އެވެ ޗެޑްވިކަށް ވަނީ އެނ،ްމެ މޮޅު ހީރޯ ގެ އިނާމު ވެސް ލިބިފައެވެ..
ޝޯ އަކުން އެންމެ މޮޅޫ ޕާފޯމަންސެއް ދައްކައިގެން އިނާމު ލިބުނީ 'ސްޓްރޭންޖަރ ތިންގްސް' ގެ މިލީ ބޮބޯ ބްރައުން އެވެ. ނުބައި ބައި ރޯލުން އިނާމު ގެންދިޔައީ 'ބްލެކް ޕެންތަރ' ގެ މައިކަލް ބީ ޖޯޑްން އެވެ. އެންމެ މޮޅު ބިރުވެރި ޕާފޯމަންސަކުން އިނާމު ލިބުނީ 'ސްޓްރޭންޖަރ ތިންގްސް' ގެ ނޯއާ ޝްނެޕް އެވެ. އެންމެ މޮޅު ކޮމޭޑިއަންގެ އިނާމު ލިބުނީ އިނާމު ހަފްލާ ހުށަހަޅައިދިން ޓިފަނީ ހޭޑިޝް އަށެވެ. އެންމެ މޮޅު މއުޒޮކް ޑޮކިއުމެންޓްރީ އަކަށް ހޮވިފައިވަނީ 'ގާގާ؛ ފައިވް ފުޓް ޓޫ' އެވެ.
ބެސްޓް ރިއަލިޓީ ސީރީސް އަކަށް ހޮވިފައިވަނީ 'ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަންސް' އެވެ.
މި ހަފްލާގައި މިއުޒިކް އިންޑަސްޓްރީ އާއި ފިލްމު އިންޑަސްޓްރީ ގެ ގިނަ ބަޔަކު ބައިވެރިއެވެ.