ނަޝީދު ނޫން މީހަކަށް ޓިކެޓްދިނުން، ވަފާތެރިންގެ ނަޒަރުގައި "ފާފައެއް": ޚަލީލް

ޑރ. އަބްދުﷲ ޚަލީލް: ފޮޓޯ ވީނިއުސް

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް މުހައްމަދު ނަޝީދު ނޫން އެހެން ބޭފުޅަކަށް ދިނުމަށް ވިސްނުމަކީވެސް ރައީސް ނަޝީދުގެ ވަފާތެރިން ދެކޭ ގޮތުގައި "ނުފުއްސަވާނެ ފާފައެއް" ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ވިސްނުމާއި ފިކުރު ދޫކޮށް އެމްޑީޕީ ޑިމޮކްރަޓިކްވާން ވެއްޖެ ކަމަށެވެ. އެކެއްގެ ވަށައިގެން އެމްޑީޕީ އެނބުރުމުގެ ސަގާފަތްވެސް ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ނަޝީދު ނޫން މީހަކަށް ރިޔާސީ ޓިކެޓު ދޭން ވިސްނުމަކީ ވެސް ނަޝީދުގެ ވަފާތެރިން ދެކޭގޮތުގައި ނުފުއްސަވާނެ ފާފައެއް. އެކެއްގެ ވަށައިގެން އެމްޑީޕީ އެނބުރޭ ސަގާފަތް ބަދަލުކޮށް ޑިމޮކްރަޓިކް ވާންޖެހޭ،" ޚަލީލް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް ދެއްވީ އެމަނިކުފާނު ބައިވެރި ކުރައްވައިގެން ރިޔާސީ ޕްރައިމަރީ ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގަވާފައި ވަނިކޮށްގެންނެވެ. އިލެކްޝަންސް ކޮމިޝަނުގެ އެންގެވުމަކާއި ކޯޓު އަމުރެއް އޮއްވައި އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު އެކަނި ބައިވެރި ކޮށްގެން ޕްރައިމަރީ ބާއްވައި ޓިކެޓް ވެސް ނަޝީދާ ހަވާލު ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.