ރާއްޖޭގެ ހާލަތު ގާތުން ބަލަމުން ގެންދާނަން: އީޔޫ

ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ފްރާންސް، ޖަރުމަން، އިޓަލީ، ނެދަލޭންޑްސް، ރޮމޭނިއާ، އިނގިރޭސިވިލާތް، ކެނެޑާ، އެމެރިކާއިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރުން މިހާރުވެސް ވެސް ގެންދަނީ ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފިއެވެ.

އީޔޫއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު އިންސާފު ވެރިކަމާއެކު ދެފުށް ފެންނަ އުސޫލުން ކުރިއަށް ގެންދިޔުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އިންތިޚާބުގެ ކުރިން މިހާރުވެސް ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ވެސް ގާތުން ބަލަމުންދާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގު ލިބޭނެގޮތް ހަދައިދިނުމަކީ އެކަންކަމާ ގުޅޭ މުއައްސަސާތަކުން ކޮށްދޭންޖެހޭ ކަންކަން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ އުވައިލުމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދެއްވުމުން އެމްޑީޕީންވަނީ އެކަން ބޭރުގެ ބައެއް ފަރާތްތަކާވެސް ހިއްސާ ކޮށްފައެވެ. އެގޮތުން އެމްޑީޕީއާ ގާތް ގުޅުމެއް އޮންނަ ކަމަށް ބުނާ 15 ގައުމެއްގެ ސަމާލުކަމަށް އެޕާޓީން ވަނީ އެކަން ގެނެސްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.