ވިލިގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިންމީހަކު މާލެ ފޮނުވާލަނީ

ހުވަދުއަތޮޅު އުތުރުބުރީ ވިލިގިލީގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި ތިން މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ މާލެ ފޮނުވާލަން ނިންމައިފިއެވެ.

ވިލިގިލީ ހޮސްޕިޓަލުގެ މެނޭޖަރު ނަޒްލީން ނަޖީބު ވިދާޅުވީ ދެ ސައިލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މިހުންނަނީ ވެސް ފިރިހެނުން ކަމަށެވެ. "އެއް ސައިކަލުގައި ތިބީ ދެމީހުން. އަނެއް ސައިކަލުގައި އިނީ އެކަކު. އެ ދެ ސައިކަލު ޖެހި ތިންމީހުންނަށް ވަނީ ވަރަށް ބޮޑަށް ހާނިއްކަވެފައި. އޭގެތެރެއިން އެކެއްގެ ހާލަތު ވަރަށް ކްރިޓިކަލް. ތިން މީހުންވެސް މާލެ ފޯނުވާލަންޖެހޭ،" ނަޒުލީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތިން މީހުން މޭލެ ފޮނުވުމަށްޓަކައި ފުލައިޓުވެސް މިހާރުވަނީ ޗާޓަރ ކޮށްފައި ކަމަށެވެ. އެހެންނަމަވެސް އަދި ފުރާނެ ގަޑިއެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަގުތުގެ ގޮތުން އެ ތިންމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ވެސް އޭނާއަށް ދެއްވޭ ވަރެއް ނުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.