ރައީސް މައުމޫންގެ ބައެއް އިނާޔަތްތައް ކަނޑާލައިފި

އިއް ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީހަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ހާޒިވެ ވަޑައިނުގެންނެވި ކަމަށް ބުނެ ފުލުހުން އެމަނިކުފާނަށް ދެމުން އައި ބައެއް އިނާޔަތްތައް ކަނޑާލައިފިއެވެ.

ފުލުހުން ކަނޑާލައިފައިވަނީ ފޯން ކޯލޔްތަކާއި އާއީލީ ބައްދަލި ވުންތައް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީ މައުމޫން ހަމީދު ވިދާޅުވެފައި ވެއެވެ.

މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނަށް ކޯޓަށް ހާޒިރުވެ ވަޑައިނުގަނެވުނީ އެމަނިކުފާނުގެ ސިއްހީހާލަތު އެކަމަށް ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. އެކަން ކޯޓަށްވެސް އަންގަވާފައިވާނެ ކަމަށް ރައީސް މައުމޫނުގެ އާއިލާއިންވަނީ ބުނެފައެވެ.

ރައީސް މައުމޫނުގެ ސިއްހީހާލަތު ރަނގަޅު ނޫންކަމަށް އެމަނިކުފާނުގެ އާއިލާއިންވެސް ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެހެންވެ އެމަނިކުފާނު ގެއަށް ބަދަލުކޮށް ދެއްވުމަށް ވެސް އެދިފައިވެއެވެ. ވަރަށް ފަހުން އެމަނިކުފާނު އޭޑީކޭއަށް ގެންދަވައިގެންވެސް ވަނީ ފަރުވާ ދެއްވައިފައެވެ.

ރައީސް މައުމޫން ކޯޓަށް ހާޒިރުވެ ވަޑައިގެންނެވުމަށް އެންގެވީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުއްވި ކަމުގެ ޝަރީއަތުގެ މަޖިލީހަށެވެ. އެޝަރީއަތަށް އެމަނިކުފާނަށް ހާޒިރުވެ ވަޑައިނުގަނެވުމުން ވަނީ ޝަރީއަތް ކެންސަލް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.