ހައްތަހާވެސް ވަގުން

މި ރާއްޖޭގައި ތިބީ ހައްތަހާވެސް ވަގުންނެވެ.

އެމީހަކަށް ޖެހުނު ތަނަކުން އެމީހަކަށް ކެވުނު ވަރަކަށް ކަނީއެވެ.

ރައްޔިތުންގެ ފައިސާއަށް ހިތުހުރި ގޮތެއް ހަދަނީއެވެ.

އޮފީހުގެ ތަކެތި ގެއަށް ގެންނަނީއެވެ.

އެއީ ރައްޔިތުންގެ ތަކެތި ކަމެއް ނޭނގެއެވެ.

އެނގުނަސް ބަލައެއް ނުލައެވެ.

އަމިއްލަ ސައިކަލަށް ތެޔޮ އަޅަނީ ސަރުކާރުގެ ފައިސާއިންނެވެ.

ހައްތަހާވެސް ވަގުންނެވެ.

* * *

ރުޅި އައިސްގެން ހަޅޭއް ލަވަމުން ގޮސް ކުއްލިއަކަށް ހަނދާންވެއްޖެއެވެ.

އަހަންމަދާއެވެ. އަހަރެންގެ ތުވާލި ކޮބައިހެއްޔެވެ؟

* * *

އަހަންމަދު ބުންޏެވެ.

އެނދުމަތީގައި އޮންނާނެއެވެ.

* * *

އެ ތުވާއްޔެއް ނޫނެވެ.

އަހަރެންގެ ތުވާލީގެ އެއް ކޮޅުގައި "ސިނަމަން ގްރޭންޑް، ކޮލަމްބޯ" މިހެން ޖަހާފައި އޮންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.