އުއްތަމަ ފަނޑިޔާރާއި އަލީ ޙަމީދަށް މިއަދު ޙުކުމް އިއްވަނީ

ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ޙަމީދުގެ މައްޗަށް ދައުލަތުން މިހާރު ކުރަމުން އަންނަ ރަސްމީ ޙައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރެއްވުމުގެ ދައުވާއާއި ގުޅިގެން މިއަދު ޙުކުމް އިއްވަން ތާވަލް ކޮށްފިއެވެ.

ދެފަނޑިޔާރުންގެ މައްޗަށް ކުރާ މި ދައުވާގެ ޙުކުމް އިއްވުން މިއަދު ތާވަލް ކޮށްފައި ވަނީ މެންދުރު ބާއްވާ ގޮތަށެވެ. ރޭވެސް މި ދެފަނޑިޔާރުގެ މައްޗަށް ހަމަ މި މައްސަލައިގައި ޙުކުމް އިއްވަން އޮތެވެ. ނަމަވެސް ފަހުން ވަނީ އެ ޝަރީއަތުގެ މަޖިލިސް ކެންސަލް ކޮށްފައެވެ. ރޭ ބާއްވަން އޮތް ޝަރީއަތުގެ މަޖިލިސް ނުބޭއްވުނީ ފަނޑިޔާރު އަލީ ޙަމީދުގެ ސިއްޙީ ޙާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމާއި ގުޅިގެންނެވެ.

ދެފަނޑިޔާރުންގެ މައްޗަށް މިއަދު ޙުކުމް އިއްވާއިރު މީގެކުރިން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރެވުނު އެއް ދައުވާގެ ޙުކުމް ވަނީ އިއްވާފައެވެ. އެއީ ޖެމްސްގެ ޚިދުމަތް ހުއްޓާލި މައްސަލައިގައެވެ. ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ އެ ދައުވާ އާއި ގުޅިގެން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ ހަތަރު މަސް ދުވަހު ޖަލު ޙުކުމެއް އިއްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.