ސަރ އެލެކްސް ފަރގަސަން ސިކުނޑީގެ ސާޖަރީއެއް ހަދައިފި

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މޭނޭޖަރު ސަރ އެލެކްސް ފަރގަސަންގެ  ސިކުނޑިއަށް ލޭއެޅުމުގެ ސަބަބުން އެމެޖެންސީކޮށް ސިކުނޑީގެ ސާޖަރީއެއް ހަދައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރު ކަމުގެ މަގާމުގައި އޭނާ ވަނީ  26 އަހަރު ހޭދަކޮށްފައެވެ. އުމުރުން 76 އަހަރުގެ ފަރގަސަން އެމަގާމުން ރިޓަޔަރ ކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ.

ފަރގަސަންގެ ހާލު ވަރަށް ބޮނޑަށް ސީރިޔަސްވެގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދުގެ ވަގުތެއްގައެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަރގަސަންގެ ސާޖަރީ ކާމިޔާބު ކަމަށެވެ. އެހެންނަމަވެސް ދުވަސް ކޮޅަކަށް އައީސީޔޫގައި ބާއްވަންޖެހޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އަދި އާއިލާގެ ޒާތީ ކަންކަމަށް ވީހާވެސްބޮނޑަށް އިހްތިރާމް ކުރުމަށް ފާގަސަންގެ އާއިލާއިން އެދޭ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އިނގިރޭސި ފުޓުބޯޅަ ދުށް އެންމެ ކާމިޔާބު މެނޭޖަރު، ސަރއެލެކްސް ފާގަސަން ވަނީ އޭނާ ޔުނައިޓެޑްގައި ހޭދަކުރި 26 އަހަރުގެ ތެރޭގައި ޕްރިމިއާ ލީގުގެ 13 ތަށި ހިމަނައިގެން 38 ތަށި ހޯދައިފައެވެ.

މިދިޔަ ހަފްތާގައި ޔުނައިޓެޑްގެ ދަނޑުގައި އާސެނަލާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގައި ފާގަސަން ވަނީ އާސެނަލްގެ މެނޭޖަރު އާސެން ވެންގާގެ އަގު ވަޒަން ކުރުމުގެ ގޮތުން ކްލަބުގެ ފަރާތުން އެރުވި ޚާއްސަ ފިލައެއް އޭނާއާ ހަވާލުކޮށް ދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.