ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތައް ނިމިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ތާރު އަޅައި ނިމި މިހާރުވަނީ ބޭނުން ކުރަން ތައްޔާރުވެފައި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ "މަގުތައް ނިމި މިހާރުވަނީ ބޭނުން ކުރަން ތައްޔާރުވެފައި" ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ކުރިއަށްދަނީ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމައި އެ ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. މިއީ ފޭސް 2 ތަރައްގީ ކުރުމަށް ލިބިގެން ދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފޭސް ދޭއްގެ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މުތާ އެކްސްޕޯޓާއި އަޝޯކާ ބިލްޑްކޮން ގުޅިގެން ހަދައިފައިވާ ޖޮއިންޓް ވެންޗަރ އަކުންނެވެ. މި މަސައްކަތަށްވަނީ 621.4  މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މަގު ހެދުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 2015 ވަނަ އަހަރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.