ސްމިތާއި ވޯނަރ ސަސްޕެންޑް ކޮށްފި

އޮސްޓްރޭލިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން ސްޓީވަން ސްމިތާއި، ކުރީގެ ވައިސް ކެޕްޓަން ޑޭވިޑް ވޯނަރ ކްރިކެޓް ނުކުޅެވޭ ގޮތަށް ބާރަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ. އޮސްޓްރޭލިއާގެ ކްރިކެޓް ބޯޑުން ދާދި ދެންމެއަކު އިއުލާނު ކުރި ގޮތުގައި މި ދެ ކުޅުންތެރިން ސަސްޕެންޑް ކުރީ ދެކުނު އެފްރިކާއާ އެކު ކުޅުނު ޓެސްޓް މެޗުގެ ދެވަނަ ދުވަހުގެ ކުޅުމުގައި ކްރިކެޓް ބޯޅަ ކަހައި، ރާޅު ކުރާން ރޭވި ކަމުގެ ކުށުގައެވެ. ރޭވި ކަމަށް ބޯޑަށް ސާބިތުވީ މި ދެ ކުޅުންތެރިންނެވެ. ބޯޅަ ކަހާ ގޮތަށް ހަމަ ޖެއްސީ އެ ދުވަހު އުކި، އުކުންތެރިއެއް ކަމުގައިވާ ކެމެރަން ބެންކްރޮފްޓެވެ. އޭނާ ސަސްޕެންޑް ކުރީ ނުވަ މަހަށެވެ.

މި އަދަބު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނު ކުރާނެއެވެ. މި އަދަބު އިސްތިއުނާފު ކުރުމުގެ ހައްގު ކުޅުންތެރިންނަށް ލިބިގެން ވެއެވެ.

ސްޓީވަން ސްމިތު މިހާރު ވަނީ ދެކުނު އެފްރިކާގައި ހުރެފައި އޮސްޓްރޭލިއާއަށް ދިއުމުގެ މަގުމަތީގައެވެ. އޭނާ ރަށަށް ގޮސް މިކަމާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކާނޭ ކަމަށް ވަނީ ބެލެވިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.