ވިލިއަން ހުއްޓުވަން ހާއްސަ ސަމާލު ކަމެއްދޭން ބާސެލޯނާ ތައްޔާރު

ޔުއެފާ ޗެމްޕިއަންސް ލީގް ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިރޭ ޗެލްސީގެ ނުރައްކާތެރި ވިންގަރ ވިލިއަން ހުއްޓުވަން ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށް ބާސެލޯނާގެ ކޯޗް އެނަސްޓޯ ވަލްވާޑޭ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވަލްވާޑޭ މިހެން ބުނެފައި ވަނީ ފުރަތަމަ ލެގު ޗެލްސީގެ ދަނޑުގައި ކުޅެ 1-1 އިން އެއްވަރުވިއިރު ވިލިއަންގެ ފަރާތުން ފެނުނު ނުރައްކާތެރި ކުޅުމުގެ ސަބަބުންނެވެ. ފުރަތަމަ ލެގުގެ ފުރަތަމަ ހާފުގައި ވިލިއަން ފޮނުވާލި ދެހަމާއެއްގެ ހުރަހަކަށްވީ ބާސާގެ ގޯލުގެ ދަނޑިއެވެ. ޗެލްސީން ކާމިޔާބު ލަނޑަކީވެސް ވިލިއަން ކާމިޔާބު ކޮށްދިން ލލަނޑެކެވެ.

"ފުރަތަމަ ލެގުގައި އެންމެނަށްވެސް ފެނިއްޖެ ވިލިއަންއަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން. އޭނާ ހުއްޓުވަން މިރޭ އަހަރެމެން ހާއްސަ ސަމާލު ކަމެއް ދީފައިވާކަން މެޗް ބެލީމަ އެނގޭނެ. ބާސެލޯނާއާ ދެކޮޅަށް ޗެލްސީން ނެރެފައިވާ ނަތީޖާތައް ގޯހެކޭ ބުނނެވޭކަށް ނެތް. މިހާރުވެސް ޗެލްސީގައި އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް. ވިލިއަން އާއި ހަޒާޑްފަދަ ކުޅުންތެރިންނާއެކު ޗެލްސީގެ އެޓޭކްވެސް ފެންނަނީ ވަރަށް ވަރުގަދަކޮށް" މިސީޒަނުގައި ބާސެލޯނާއާ ހަވާލުވި ކޯޗް ވަލްވާޑޭ ބުންޏެވެ.

މިމެޗަށް ނިކުންނައިރު ވަލްވާޑޭއަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަހަމަ ޖެހުމަކީ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ފިޓްވެފައި ވުމެވެ. "މިކަހަލަ މެޗަކަށް ނިކުންނައިރު އިނިއެސްޓާއަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް. އޭނާ ފިޓްވުމަކީ ހިތްހަމަ ޖެހުމެއް" ވަލްވާޑޭ ބުންޏެވެ.

ޗެލްސީ އާއި ބާސެލޯނާ ޗެމްޕިއަންސް ލީގުގައި އެންމެފަހުން ބައްދަލު ކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ. އެފަހަރު ކުރި ހޯދީ ޗެލްސީއެވެ. އޭގެ ކުރިން 2009 ވަނަ އަހަރު މިދެޓީމުގެ ކުރިމަތިލުން ކާމިޔާބު ކުރީ ބާސެލޯނާއެވެ.

ބާސެލޯނާގެ ނޯކޭމްޕްގައި ބާސެލޯނާ އާއި ޗެލްސީ ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 0:45 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.