ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ އިކެޝަންސް ކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް އަންގަވާއިފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމްކޯޓުން ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
އެމެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރައްވައިފައިވަނ މިމަހު ފުރަތަމަ ދުވަހު އެކޯޓުން ނެރުނު އަމުރުގައެވެ. އެއީ ސްޕްރީމް ކޮޓުގެ ފަސް ފަނޑިޔާރުންގެ އިއްޔަފާގުން ނެރެނު އަމުރެކެވެ. އެހެންނަމަވެސް އެއަށް އަމަލުނުކޮށް މަޑުޖައްސާ ލުމަށް މިއަދު އަމުރުކުރީ ސްޕްރޯމްކޯޓުގެ ފަސް ފަނޑިޔާރެކެވެ.
ސްޕްރޯމް ކޯޓުން މިފަދަ އަމުރެއް މިއަދު މި ނެރުނީ 1 ފެބުރުއަރީގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކޮށްދެއްވުމަށް ދައުލަތުގެ ބަންޑާރަނާއިބު މުހައްމަދު އަނިލް ހުށަހަޅުއްވައިފައިވާތީ ކަމަށްވެއެވެ. އެ ހުކުމާމެދު ގޮތެއް ނިންމަވާނީ ބަންޑާރަ ނާއިބު ހުށަހެޅުއްވި ކަންބޮޑުވުން ނުވަތަ މައްސަލަ ރަނގަޅަށް ބެއްލެވުމަށްފަހު ކަމަށްވެސް އަމުރުގައިވެ އެވެ.
ގާނީނީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ސްޕްރީމްކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ކަމެއް ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރަކަށް ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު "އުސޫލުން ބޭރުން" ބަންދުކޮށްފައި ބަހައްޓާފައި ނެރޭ އެއްވެސް އަމުރެއް ސައްހަވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް އެފަދަ ބައެއް ބޭފުޅުން ވިދާޅުވިއެވެ.