ޖެނިފަރ އެނިސްޓަން އާއި ޖަސްޓިން ތީރޮކްސްގެ ކައިވެނި ރޫޅުނުކަން މި ދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާނު ކުރުމާއެކު އެދެތަރީންނަށް ތާއީދުކުރާ މީހުން ބޭނުންވަނީ ޖެނިފަރ އާއި ބްރެޑް ޕިޓް އަލުން ގުޅުމަށެވެ.
ޖަސްޓިން އާއި ޖެނިފަރ ވަކިވިކަން އިއުލާން ކުރި އިރު އެ ދެ މީހުންގެ ކައިވެންޏަށްވީ އެންމެ ދެއަހަރެވެ. ވަކިވިކަން އިއުލާންކޮށް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު އެދަތަރީން ވަނީ ވަކިވާން ނިންމާފައެވެ. ވަކިވިނަމަވެސް ގާތް ދެ ރަހްމަތްތެރީންގެ ގޮތުގައި ދެމިތިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ
ޖެނިފަރ ގެ ކުރީގެ ފިރިމީހާ އަކީ ހޮލީވުޑްގެ މަޝްހޫރު ތަރީ ބްރެޑްޕިޓް އެވެ. އެދެމީހުންގެ ކައިވެނީ ރޫޅި ބްރެޑްޕިޓްވަނީ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ އާއި ކައިވެނިކޮށް ގިނަ ދުވަސްތަކެއް ވާންދެން އުޅެފައެވެ. ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޮލީވަނީ 2016 ވަނަ އަހަރު އެދެތަރީންގެ ކައިވެނި ނިމުމަކަށް ގެނައި ވާހަކަ އިއުލާން ކޮށްފައެވެ.
މިހާރު ޖެނިފަރ އާއި ބްރެޑް ޕިޓް ވެސް ހުސްހަށިބައި ވުމުން އެދެތަރީންނަށް ތާއީދުކުރާ މީހުން ބޭނުންވަނީ އެދެތަރީން އަލުން ގުޅުމަށެވެ. އަދި އެކަމަށް އެދި ގިނަ ޓްވީޓްތަކެއް އޭނާގެ ފޭނުން ކޮށްފައިވެއެވެ.
އެމެރިކާގެ އެންޓަރޓެއިންމަންޓް މެގަޒިން އަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންޖެލީނާ އަށްޓަކައި ޖެނިފަރ ދޫކުރެވުމަކީ އޭނާ އަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ބްރެޑް ޕިޓް ގަބޫލުކުރެއެވެ. އަދި ޖެނިފަރ އަކީ އޭނާގެ ހަގީގީ ލޯބި ކަމުގައިވެސް އޭނާގެ ގާތް އެކުވެރީންނާ ހަވާލާދީ ބުނެފައިވެއެވެ. މި ދެތަރިންގެ ގުޅުން ބަދަހިވަމުންދާ ކަމަށް ވެސް ބައެއް މީޑީއާ ރިޕޯޓްތައް ބުނެއެވެ. އެހެން ކަމުން އެމީހުންނަށް ތާއީދުކުރާ މީހުން ބޭނުންވާ ގޮތަށް ދެމީހުން ގުޅުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޖެނިފަރ އަކީ މަޝްހޫރު ފިލްމީ ތަރިއެއްގެ އިތުރުން ފިލްމު އުފައްދާ މީހެކެވެ. އަދި އޭނާ އަކި ވިޔަފާރި ވެރިއެއްވެސް މެއެވެ.