ޑރ. މުއިއްޒުގެ ރަނިން މޭޓަކަށް މެމްބަރު ހުސައިން ލަތީފް

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސައިފިއެވެ.

ޑރ. މުއިއްޒު އެކަން ހާމަކުރެއްވީ މިއަދު ކުރެއްވި ތްވީޓެއްގައެވެ.

އެ ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތުގައި އިންތިޚާބުގައި ވާދަކުރާ "ބެކްއަޕް" ކެނޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވުމުން، ރަނިންގމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އޭނާގެ ޒިންމާއެއްކަމަށެވެ.

އެގޮތުން މުއިއްޒުގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހަމަޖައްސާފައިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި
"އެމަނިކުފާނަކީ، ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކެނޑިޑަސީ ތައްޔާރުކުރަމުންދިޔަނަަމަވެސް، އޭނާގެ ދުޢާއަކީ، ވަގުތު ހަމަވުމުގެ ކުރިން، ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުންކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ނަން ޕީޕީއެމުން ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަނިކުފާނުގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާ ކެނޑިޑަސީ ބަލައިނުގަތުމަށް ނިންމާފައެވެ.

ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމުން ސުޕްރީމްކޯޓަށް އެ މައްސަލަ ހުށަހެޅުމުން އިއްޔެ ވަނީ އަޑު އެހުމެއް ބާއްވާފައެވެ. އަދި އިތުރުކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުންކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.