ދިވެހިރާއްޖޭގައި އޮތް ހަމަނުޖެހުމުގެ އިސް މޭސްތިރިއަކީ އިންޑިއާ ކަމަށް ތުހުމަތުކޮށްފި

ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމަކީ އިންޑިއާގެ ރޭވުމެއްގެ ދަށުން ހިންގަމުން ގެންދާ ހަލަބޮލިކަމެއް ކަމަށް ތުހުމަތުކޮށް "ޔޫރޭޝިއާ ފިއުޗަރ" ނަމަކަށް ކިޔާ އޮންލައިން ނޫހެއްގައި ލިޔެފިއެވެ. މި ލިޔުން ލިޔެފައި ވަނީ އެންޑްރޫ ކޮރީބްކޯ އެވެ. އޭނާ އަކީ ރޫސީ ވިލާތުގެ ވެރިރަށް މޮސްކޯގައި ދިރިއުޅޭ އެމެރިކާ މީހެކެވެ. އެފްރިކާއާއި އޭޝިއާގެ ސަރަހައްދުގައި އެމެރިކާގެ މަސްލަހަތު ދަމަހައްޓަންކުރާ މަސައްކަތްތައް ދިރާސާކޮށް ލިޔާ މީހެކެވެ. ޚާއްސަކޮށް ޗައިނާއިން ހާއިމުކުރާ ނިވް ސިލްކް ރޯޑާއި، އެފްރިކާއާއި އޭޝިއާގައި އެމެރިކާ އަޑީގައި އޮވެގެން ރާވާ ހަމަނުޖެހުންތައް ދިރާސާ ކުރާ މީހެކެވެ.

އެންޑްރޯ ލިޔެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި މިހާރު އުފެދިގެން އުޅޭ ހަމަނުޖެހުންތަކުގެ ފެށުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު ސޮއި ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. އިންޑިއާއިން ވަނީ އެ އެއްބަސްވުމާ ދެކޮޅު ހަދައިފައެވެ. އެ ދުވަހުން ފެށިގެން އިންޑިއާއިން ރާވައިގެން ރާއްޖޭގެ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެންޑްރޫ ތުހުމަތު ކުރެއެވެ.

މި މަސައްކަތުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ދުނިޔޭގެ މީޑިއާ ބޭނުންކޮށްގެން ރާއްޖޭގައި އޮތް ސަރުކާރުގެ އަގު ވައްޓައިލުމުގެ މަސައްކަތް ފެށުމެވެ. މިހާރު އޮތީ ޚުދުމުޚްތާރު ވެރިކަމެއް ކަމުގައި މުޅި ދުނިޔެއަށް ދެއްކުމެވެ. ބޭނުމަކީ "ޤާނޫނީ ބަޣާވާތަކަށް" މަގުފަހި ކުރުމެވެ. ދެވަނަ ކަމަކަށް ރާވައިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރުމެވެ. އެއަށްފަހު ރާއްޖެއިން ބޭރުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގެން ވެރިކަމާ ހަވާލުވެ ވަޑައިގަތުމެވެ. ރައިޔުންގެ މަޖިލީހުގެ ތެރެއިން ކުރާން އުޅުނު މަސައްކަތަށް ރައީސް ޔާމީން ވަނީ ހުރަސް އަޅުއްވައިފައެވެ.

މި މަސައްކަތް ކާމިޔާބު ނުވީމާ މިހާރު ފެށިގެން އުޅެނީ ވަރަށް ނުރައްކާތެރި ކަމެކެވެ. ދިވެހިރާއްޖޭގައި 2015 ވަނަަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލާން ދެވުނު ފަދަ ހަމަލާތަކެއް ދޭން މަސައްކަތް ކުރުމާއި، އެހެނިހެން ގަތުލުތައް ހިންގުމާއެކު، ދާއިޝް ފަދަ ނިރުބަވެރި ޖަމާއަތްތަކުން ރާއްޖޭގައި ހަރަކާތްތެރިވެދާނޭ ކަމުގެ ބިރު އާއްމުކުރުމަކީ އިންޑިއާގެ ރޭވުމުގެ ބައެކެވެ.

މި މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ އެންމެ ފަހުގެ ފިޔަވަޅަކަށް އޮތީ ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހިރާއްޖެ އެކަހެރި ކޮށްލުމެވެ. ދިވެހިރާއްޖެއަކީ އަލަށް އުފަންވީ ޝައިތާނީ ދައުލަތެއް ކަމަށް ދައްކައި، ޗައިނާގެ ބާރާއި އެހީތެރިކަމާއެކު ދިވެހި ސަރުކާރުން ދިވެހީން މަރަމުން ގެންދާ ކަމަށް ދެއްކުމެވެ.

މި މަސައްކަތްތައް ކާމިޔާބު ވެއްޖެ މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ޗައިނާއަށް ފަހިވާ ގޮތަށް ހުރި ހުރިހައި ކަމެއް އިންޑިއާ އާއި އެމެރިކާއަށް ފަހިވާ ގޮތަށް އަނބުރައިލައްވާނެއެވެ. މައިގަނޑު ބޭނުމަކީ ޗައިނާ ގުރުޑު ކޮށްލުމެވެ. އިންޑިއާއި އެމެރިކާގެ ބާރު ގަދަ ކުރުމެވެ.

މިއީ އެންޑްރޫ އޭނާގެ ލިިޔުމުގައި ދައްކައިފައި ހުރި ވާހަކަތަކުގެ ޚުލާސާއެކެވެ. އޭނާ ލިޔުއްވާ ގޮތުގައި އިންޑިއާއަށް ދިވެހިރާޖެ މުހިއްމުވާ އެންމެ ބޮޑު ސަބަބަކީ ދިވެހިރާއްޖެ އޮތް ތަނެވެ. އަދި ޗައިނާގެ މައްޗަށް ބާރު ގަދަކުރުުގެ އުއްމީދެވެ. އެމެރިކާގެވެސް ބޭނުމަކީ ޗައިނާ ގަންބައިލުމެވެ.

17 ޚިޔާލު

  1. މިއަދުގެ މަގުބޫލު ލިޔުމުގަ ހިމެނިފަ އޮތީމަ އާލިޔުމެއްކަމަށް ހީކޮށްބަލާލިއިރު ވަރަށް ކުރީގެ ލިޔުމަކަށް މިވީ. އާފަތިހުގެ ލިޔުމަކަށް މިހާ ގިނަ ރިއެކްޓު އައި ސްފައޮތް ލިޔުމެއް މިނޫނިއްޔާ ނުދެކެން.

  2. އަހަރުމެން މިވާހަކަ ދައްކާތާ ކިތަންމެ ދުވަހެއް،އެކމު ވެރިކަމުގެ ދަހިވެތިކަމުގަ ކޮންމެ ފަދަ ކމެއްވެސް ކޮށްފާނެ ބަޔަކު ދައްކާ ދަޅައިގަ ދިވެހިން ޖެހުނީ..
    ޔާﷲ ދިވެހިންނަށް ހަމަވިސްނުން ދެއްވާ މި ނުބައި ނުލަފާ ލާދީނީ މީހުންގެ ކިބައިން ރާއްޖެ ސލާމަތް ކުރައްވާ ފާނދޭވެ....އާމީން

  3. ކުދިންނޭ ކުފުރުގެ އަހުލުވެރިން އެއީ ހަމަ އެއްބަހެއް އެމީހުން އުޅެނީ މުސްލިމުން އަޅުވެތިކުރަން، ތިޔަ އިންޑިޔާވެސް ތަރައްގީ ކޮށް އިންޑިޔާގައި ބޮޑެތި އިންވެސްޓް ކުރަނީ ހަމަ ޗައިނާ ނުންތޯ ޗައިނާއިން ރާއްޖޭގައި އިންވެސްޓު ކުރާތީ ކީއްވެތޯ އިންޑިޔާ ކަންބޮޑުވާނީ !؟

  4. މިހާރު މިއޮތް ސަރުކާކާރަކީ އިންޑިއާއަށް އަޅުދާސްވެފައިވާ ދިވެހިރާއްޖޭގެ މަސްލަހަތައްވުރެ އިންޑިއާގެ މަސްލަހަތު ކުރިޔަށް ނެރެގެން އުޅޭ ޣައްދާރު ސަރުކާރެއް

  5. ވަރައްބޮޑު ތެދެއް. އިންޑިޔާއިން ވަރައްބޮޑައް ރާވައިގެން ކުރަމުންދާ ކަމެއް ދިވެހިން ވިސްނަންޖެހޭ ކަމެއްމީ. އިންޑިޔާ އަށް ފުރުސަތު ދީގެން ނުވާނެ މިކަހަލަ އަމްލުތަށް ކުރުމަށް ސައުދީ އަރަބިޔާ އާ މުސްލިމް ޤަޢުމު ތަކަށް ގޮވާލަން މާ ލަސް ނުވަނީސް ރާއްޖެއަށް އެހީވެ ބާރުގަދަ ކުރަން އުޅޭ ދަހިވެތި ވެގެން އުޅޭ ޤަޢުމުތަކަށް ވަރުގަދަ އިންޒާރެއްދީ މަ އެނުބައި މީހުން ހުއްޓުވުމަށް ﷲ އިރާދަ ކުރެއްވިއްޔާ ބާރުގަދަ ޤަޢުމު ތަކުން މި ދިވެހި ސަރުކާ ރަށް އެއްބާރުލުންދީ ހިމާޔަތް ކުރާނެ. ހައްދަވާ ބޮޑު ކުރެއްވި މޮޅަށް ދެންވޮޑިގެ.ންވާ އެއްމެ ބާރުގަދަ އެއްކައުވަންތަ ވެރިރަސްކާންގެ އަށް ދުޢާ ކުރަން އަޅަމެން މި ނުބައި ވެގެންވާ ދުނިޔޭގެ ބާރު ހޯދަން އުޅޭ ލާދީނީ އަޙްވާނުންގެ ކިބައިން މި ނިކަމެތޖ ޤަޢްމު ސަލާމްތް ކުރައްވާން ދޭވެ. ޢާމީން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.