ދައުލަތުގެ ބަންޑާރަނާއިބު މުހައްމަދު އަނިލް ހައްޔަރުކޮށްގެން މާދަމާ ސްޕްރީމްކޯޓަށް ގެނައުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ކުރިކަމަށް ސޯޝަލްމީޑިއާގައި ފެތުރީ ދޮގު ޚަބަރެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެފަދަ ފޭކް އަމުރެއް ސޯޝަލް މީޑިއާގައި އާންމުވެގެން ދިޔައީ ސްޕްރީމްކޯޓުގެ އަމުރު ތަންފީޒުނުކޮށްގެން އެކަމާ އިހުތިޖާޖަށް އިދިކޮޅު މީހުން ނުކުމެ ތިއްބައެވެ. އެތަނުގައި ތިބެގެން އިދިކޮޅުންވަނީ އެ އަމުރު ނެރެފިކަމަށް އިއުލާންކޮށް އުފާވެސް ކޮށްފައެވެ. އެ އެއަމުރު ނެރެފިކަންއެތަނުގައި އިއުލާން ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބެވެ.
ފޭކް އަމުރަކީ ތެދެއް ކަމަށް ބަލައިގެން މީޑިއާގައިވަނީ އެ ޚަބަރު ވަރަށްބޮޑަށް ފަތުރައިފައެވެ. އެހެންނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ އެއީ ދޮގު ޚަބަރެއް ކަމަށެވެ. އެފަދަ އަމުރެއް ސްޕްރީމް ކޯޓުން ނެރެފައި ނުވާކަމަށެވެ.
އެފަދަ ނޭދެވޭ އަމަލުތައް ހިންގައި ސްޕްރީމްކޯޓުގެ އަގުވެއްޓޭ އަމަލު ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.