އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމް ސައްތާރުގެ ޝަރީއަތް މިއަދު ފަށަނީ

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމް ސައްތާރުގެ ޝަރީއަތް މިއަދު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ނާޒިމް ސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާކޮށްފައިވަނީ އެ ދެ މީހުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ޖޫން މަހުގެ ފަހުކޮޅު ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

އެ މައްސަލައާއި ގުޅިގެން ނާޒިމް ހައްޔަރު ކުރުމަށް ފަހު ތަހުގީގު ނިންމާ މިދިޔަ މަހުގެ ތެރޭގައި ވަނީ ދޫކޮށްލާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މިދިޔަ މަހުގެ ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައެވެ.

ނާޒިމް ސައްތާރުގެ މައްސަލަ މިއަދު ފަށާއިރު، އެ މައްސަލާގައި އަމިއްލަ އިއުތިރާފުން ކުށް ސާބިތުވެ އަލަމްގީރަށް 7 މަހާއި 7 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.