ބަނޑުހައިހޫނުކަމުގައި ގިނަ ބަަޔަކު މަރުވާއިރު އެކަަމަށް ސަމާލުކަން ނުދެވޭ

ފާއިތުވި ދެއަހަރު ކޮވިޑް-19 ގެ ވާހަަކަ ބޮޑު ސުރުޚީތަކަށް އެރިއިރު، މިހާރު ސަމާލުކަން ދެނީ ރަޝިޔާ-ޔުކްރޭން ހަނގުރާމައަށް

ވާލްޑް ފުޑް ޕްރޮގްްރާމުން އަފްޣާނިސްތާނުގައި ކާޑު ބަހަނީ

ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި، އެ ވަބާއާ ބެހޭ ޚަބަރުތައް ގެނެސްދިނުމުގައި ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތައް ވަސީލަތްތައް ފާއިތުވި ދެއަހަރު މަޝްޣޫލުވެފައި ވީއިރު، އެއަށްވުރެ ނުރައްކާތެރިކަން ކުޑަނޫން ވަބާއެއް ދުނިޔޭގައި ދިޔައީ ފެތުރެމުންނެވެ. އެއީ، ބަނޑުހައިހޫނުކަމެވެ. ކޮވިޑް-19 ގެ ވާހަކަ ފަނޑުވާން ފެށިއިރު، ފާއިތުވި ދެތިން ހަފުތާތެރޭގައި ރަޝިޔާ-ޔުކްރޭން ހަނގުރާމައިގެ ވާހަކަތަކަށް ވަނީ އިސްކަން ދީފައެވެ.

މިކަން ހާމަކޮށްފައި ވަނީ އެހީދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމުގައިވާ އޮކްސްފާމްއިން ނެރުނު ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2021 ވަނަ އަހަރު ދުނިޔޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އަދި ފުދޭވަރަށް ކާނާ ނުލިބުމުގެ ސަަބަބުން ކޮންމެ މިނިޓަކު 11 މީހުން މަރުވެފައި ވެއެވެ. ކޮވިޑް-19 ގެ ނުރައްކާތެރިކަން އެންެމެ ބޮޑުވި ދުވަސްވަރުވެސް އެބަލީގައި ދުނިޔެއިން މަރުވެފައި ވަނީ މިނިޓަކު 7 މީހުންނެވެ.

އޮކްސްފާމްގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި 2021 ވަނަ އަހަރު އިތުރު 20 މީހުން ބަނޑުހައިހޫނުކަމުުގައި ހޭދަކޮށްފައި ވެއެވެ. މިއާއެކު ދުނިޔޭގެެ 55 ގައުމެއްގައި ބަނޑުހައިހޫނުކަން ތަހައްމަލްކުރަމުންދާ މީހުންގެ އަދަދު ވަނީ 155 މިލިއަނަށް އަރާފައެވެ.

ދާދި ފަހުން އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ނެރުނު ރިޕޯޓެއްގައި ބުނެފަވާ ގޮތުގައި ދުނިޔޭގައި އެކަށީގެންވާ މިންވަރަށް ކާނާ ނުލިބޭ މީހުންގެ އަދަދު ފަސް އަހަރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށް ފަހު، ފާއިތުވި އަހަރު އެއަދު އިތުރުވެ 800 މިލިއަނަށް ވަނީ އަރާފައެވެ. މިއީ ދުނިޔޭގެ އާބާދީގެ %10 އެވެ.

ކޮވިޑް-19 ގެ ކާރިސާގެ އަސަރު ދުނިޔެއަށް ކުރަން ފަށާފައި ވަނީ، ދުނިޔޭގެ ކަންކޮޅުތަކުގައި ކާބޯތަކެތީގެ އެހީތެރިކަަމަށް ބޭނުންވެފައި ތިބި މީހުން އިތުރުވާން ފެށި ދަނޑިވަަޅެއްގައިކަން ފާހަގަކުރައްވަމުން ގަލްފް ސަރަހައްދަށް ވާލްޑް ފުޑް ޕްރޮގްރާމުން ކަނޑައަޅާފައި ހުންނަވާ މަންދޫބު މަޖީދު ޔަޙްޔާ ވިދާޅުވި ގޮތުގައި "ހަގީގަތުގައި 2018 ގައި މި އޮއިވަރު ބަދަލުވާތަން (ކާބޯތަކެތީގެ އެހީ ބޭނުންވާ މީހުން އިތުރުވާތަން އަހަރުމެންނަށް ވަނީ ފެނިފައި. އެއީ އިންސާނުން އުފައްދައިގެން އުޅޭ ހަމަނުޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތައް އަވަސްވުމާއި، އޭގެ އަސަރު ބޮޑުވުމާއި، ބައެއް ސަރަހައްދުތަކުގައ އިގްތިސާދީ ދުވެލި މަޑުޖެހުމުގެ ސަބަބުން."

ސައިންސުވެރިން ބުނާގޮތުގައި، ދުނިޔޭގެ ވެށީގެ ނިޒާމަށް އެކަށީގެންވާ ވަރަށްވުރެ ގިނައިން ތަކެތި ދަނީ ބޭނުންކުރެވެމުންނެވެ. އެހެންކަމުން، ދުނިޔޭ މަހްދޫދު ވަސީލަތްތަައް ބޭނުންކުރުމުގައި ރޭވުންތެރިކަމާއެކު ކުރިއަށް ގޮސްގެން މެނުވީ ބަނޑުހައިހޫނުކަމުގެ މައްސަލަ ހައްލުނުވާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.