ކޮންގޯގައި ރޭލެއް ފުރޮޅާލުމުގެ ސަބަބުން 60 މީހުން މަރުވެއްޖެ

ޑީއާރް ކޮންގޯގައި 2007 ވަނަ އަހަރު ހިނގި ހާދިސާއެއްގައި ރޭލެއް ފުރޮޅާލާފައި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި މުދާ އުފުލާ ރޭލެއް ދަަގަނޑުން ނައެްޓާލައި، ފުރޮޅާލުމުގެ ސަބަބުން މަދުވެގެެން 60 މީހުން މަރުވެއްޖެއެވެ.

"މަރުވި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ (މިވަގުތުގެ) އަދަދަކީ 61. 52 މީހަކު ވަނީ ޒަޚަމްވެފައި، އެމީހުން ވަނީ ސަލާމަތްކުރެވިފައި." ހުކުރު ދުވަހު ހިނގި ހާދިސާ ބެހޭ މައުލޫމާތު އިއްެޔެ މައުލޫމާތު ދެއްވަމުން ރޭލުދުއެްވާ ކުންފުނި، ނޭޝަނަލް ރޭލްވޭ ކޮމްޕެނީ އޮފް ކޮންގޯ (އެސްއެންސީސީ)ގެ ޑިރެކްޓަރ އޮފް އިންފްރާސްޓްރަކްޗާ މާކް މަންޔޮންގާ އިންޑާމްބޯ ވިދާޅުވިއެވެ.

ލައުލަބާ ޕްރޮވިންސުގެ ލުބުޑީ އަވަށުގައި މި ހާދިސާ ހިނގި އިރު ރޭލު ދަތުރުކުރަމުން ދިޔައީ މުއެނެޑިޓޫ އަވަށުން ލުބުމްބާޝީއަށެވެ.

މުދާއުފުލާ ރޭލުގައި ދަތުރުވެރިން އުފުލުމަކީ މަނާ ކަމެއް ކަމުގައި ވިޔަސް، ފުރޮޅާލި ރޭލުގައި ގަވާެއިދާ ޚިލާފަށް އެތައް ބަޔަކު ދަތުރުކުރަމުން ދިޔައެވެ.

ހާދިސާ ހިނގި ގޮތް އަދި ސާފުވެފައި ނުވިޔަސް، އެ ސަރަހައްދުން ލިބޭ ޚަބަރުތަކާ ހަވާލާދީ ކޮންގޯގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ރޭލުގެ ހަތް ބައެެއް ވަނީ ރޭލުން ވަކިވެ ކައިރީގައި އޮތް އަޑިގަނޑަކަށް ވެއްޓިފައެވެ. ޚަބަރުތައް ބުނާ ގޮތުގައި ރޭލު އުސް ސަރަހައްދަކުން މައްޗަށް އަރަމުން ދަނިކޮށް، އޭގެ ކޮންޓުރޯލު ގެއްލުނީއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ މީހުން އަދިވެސް ދަނީ އިތުރު މީހުން ފެނޭތޯ މަސައްކަތްކުރަމުންނެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޑީއާރް ކޮންގޯގައި މީހުން އުފުލާ ރޭލުތައް، މަދުވުމާއި، އެއް އަވަށުން އަނެއް އަވަށް ދަތުރުކުރާނޭ މަގުތައް ހެދިފައި ނެތުމުގެ ސަބަބުން، ސަރުކާރުން މަނާކޮށްފައި އޮތްނަަމަވެސް، މުދާއުފުލާ ރޭލުގައި ގަވާއިދާ ޚިލާފަށް ދަތުރުކުރުމަކީ އާއްމު ކަމެކެެވެ.

ފާއިތުވި އޮކްޓޯބަރު މަހު ޑީއާރް ކޮންގޯގެ ކެންޒެންޒޭ އަވަށުގައި ރޭލެއް ފުރޮޅާލުމުގެ ސަބަބުން 10 މީހުން މަރުވެފައިވާއިރު، 2019 އަހަރު 2019 ވަނަ އަހަރު ކަސާއީ ޕްރޮވިންސުގެ ބެނަ ލޭކާ ސަރަހައްދުގައި މުދާއުފުލާ ރޭލެއް ފުރޮޅާލުމުގެ ސަބަބުން 24 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.