ކޮވިޑް-19ގައި ރާއްޖެއިން އަނެއްކާވެސް އިތުރު މީހަކު ނިޔާވެ މިއަދު މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 4އަށް އަރައިފިއެވެ.
މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 98 ވަނަ މީހާއެވެ. އެންމެފަހުން ނިޔާވީ ހުޅުމާޅޭ މޭޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ޢުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ. މިމީހާ ނިޔަވެފައިވަނީ މިރޭ 10:44ހާއިރުއެވެ.
މީގެ އިތުރުން މިއަދު 15:10ގައި ވަނީ ހުޅުމާލޭ ފެސިލިޓީގައި ބާއްވައިފައި އޮތް ޢުމުރުން 83 އަހަރުގެ ފިރިހެނަކު ނިޔާވެފައެވެ. އަދި ރޭ މެންދަމު 2.38 ގައި ވަނީ ހުޅުމާލޭ ފެސިލިޓީގައި އޮތް އުމުރުން 81 އަހަރުގެ ފިރިހެނަކު ނިޔާވެފައެވެ. ދެން ނިޔާވީވެސް ހުޅުމާލޭ ފެސިލިޓީގައި އޮތް މީހެކެވެ. އެއީ އުމުރުން އެންމެ 30 އަހަރުގެ ޒުވާން އަނެހެނެކެވެ. އޭނާ ނިޔާވީ ރޭ ފަތިހު 4.30 ގައެވެ.
މިއަދު ނިޔާވީ 4 މީހުންނާއެކު ކޯވިޑް-19 ގައި ރާއްޖޭގައި ނިޔާވީ މީހުންގެ އަދަދު 98 އަށް އެރީއެވެ.