ރ. އަތޮޅަށް ރައީސް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރ. އަތޮޅުގެ ބަޔެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިންގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ އެއަތޮޅުގެ ތިން ރަށަށެވެ. އެއީ މަޑުއްވަރީ އާއި މީދޫގެ އިތުރުން ފައިނަށެވެ. މި ތިން ރަށުގެ ތެރެއިން މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރަށްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން އެރަށުގެ ނަރުދަމާގެ ނިޒާމް ޚިދުމަތް ފައްޓަވައިދެއްވަންވެސް ވަނީ ހަމަޖެހިފައެވެ. އަދި އެރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރަން ސަރުކާރުން ކުރިޔަށް ގެންދިޔަ މަޝްރޫއު ނިންމުންވެސް މިދަތުރުފުޅުގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީދޫއަށް ރައީސް ވަޑައިގަންނަވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން އެރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފައްޓަވައި ދެއްވުމަށާއި އެރަށުގައި ހަދައި ނިމިފައި ހުރި މިސްކިތް ހުޅުވައިދެއްވާށެވެ. ފައިނަށް ކުރައްވާ ދަތުރުފުޅުގައި ފައިނު ބަނދަރު ހުޅުވައި ދެއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.