ފާރިޝް އާއި އިމްރާން ވަގުތުން ދޫކޮށްލާ- މައުމޫން

ގޭބަންދަށް ބަދަލު ކުރައްވާފައި ތިއްބެވި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިޝް މައުމޫން މިނިވަންކޮށް ދޫކޮށްލަންޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ފާރިޝްގެ ބައްޕާފުޅު މައުމޫން އަބްދުލްގަތްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިޝް އާއި އިމްރާން ވަގުތުން ދޫކޮށްލަންޖެހޭނެ ކަމަށެވެ. ޖަލުގައި 83 ދުވަސް ހޭދަކުރެއްވި ފާރިޝް ގެޔަށް ބަދަލު ކުރެއްވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ކުއްލި ގޮތަކަށް އަނެއްކާވެސް ފާރިޝް އަނބުރައި ޖަލަށް ގެންދެވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް ފާރިޝް ޖަލަށް ކުއްލި ގޮތަކަށް ބަދަލުކުރެއްވުމުގެ ކުރިން މިއަދު ވަނީ ހަމަ ކުއްލި ގޮތަކަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވެސް ގެއިން ޖަލަށް ބަދަލު ކުރައްވާފައެވެ.

ފާރިޝްގެ މައްސަލަ ކޯޓުގައި އޮތްއިރު ޝައިޚް އިމްރާންއަކީ ބާރަ އަހަރުގެ ޖަލު ޙުކުމެއްގައި ހުންނެވި ބޭފުޅެކެވެ. އިމްރާން ޖަލުން ގެޔަށް ބަދަލު ކުރެއްވީ އަނބިކަނބަލުން ވިހެއުމާއި ގުޅިގެންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.