ޝައިޚް އިމްރާން އަނެއްކާވެސް ޖަލަށް ގެންގޮސްފި

ބާރަ އަހަރުގެ ދިގު މުއްދަތަކަށް ޖަލު ޙުކުމް އިއްވާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޭބަންދުން އަނެއްކާވެސް ޖަލަށް ގެންގޮސްފިއެވެ.

ހުސްވި މަހުގެ 21 ވަނަ ދުވަހު ޖަލުން ގޭބަންދަށް އިމްރާން ބަދަލު ކޮށްފައި ވަނީ އޭނާގެ އަނބިކަނބަލުން ވިހެއުމާއި ގުޅިގެންނެވެ. ނަމަވެސް ގެޔަށް ބަދަލުކުރީ ކިތައް ދުވަހަށް ކަމެއް ކަރެކްޝަނުން ނުބުނެއެވެ. ޝައިޚް އިމްރާން ފުރަތަމަ ޖަލުގައި ހުންނެވީ ސިޔާސީ ކުށްވެރިން ތިބޭ ބައިގައި ނަމަވެސް ގޭބަންދުގައި ހުންނަވައި މީޑިޔާއަށް އިންޓަވިއު ދެއްވުމުން ފަހުން ބަހައްޓަވާފައި ހުންނަނީ ބޮޑެތި ކުށްވެރިން ތިބޭ ގޮޅީގައެވެ.

ޝައިޚް އިމްރާންގެ މައްޗަށް ބާރަ އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ މޭ1 ގެ މުޒާހަރާގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. އިމްރާންގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.