އަލުން ދަޢުވާ ކުރީމާ އަދީބަށް 800 އަހަރަށްވުރެ ބޮޑު ހުކުމެއް އަންނާނެ: ޕީޖީ ޝަމީމް

އަޙްމަދު އަދީބާއެކު ހަދާފގައިވާ އެއްބަސްވުމުގެ ބޭރުން ދައުވާ ކުރުމުންވެސް އޭނާއަށް 800 އަހަރަށްވުރެ ބޮޑު ހުކުމެއް އަންނާނޭ ކަމަށް ޕީޖީ ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޙުސައިން ޝަމީމް ވިދާޅުވި ގޮތުގައި ބޭސްފަރުވާއާ ގުޅިގެން ޕީޖީއަށް ސުވާލުކޮށް އެއްބަސްވުން ނުހެދޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ވިދާޅުވި ނަމަވެސް މިއަދާ ހަމައަށްވެސް ދަޢުވާ އުފުލާފައިވާ މީސްމީހުންގެ ބޭހުގެ ކަންތައްތައް އޮޅުން ފިލުއްވަން ކޯޓުން ހަމަ މި ފަނޑިޔާރު ޕީޖީއަށް ސިޓީ ފޮނުއްވާﷲައި އެބަހުއްޓެވެ.

އަދީބަށް ދަޢުވާ ކުރެވޭނޭ އިތުރު 150 މައްސަލަ އެބައޮތް ކަމަށާއި އެ މައްސަލަތަކަށް ދަޢުވާ ކުރެއްވީމާ 800 އަހަރަށްވުރެ ބޮޑު ހުކުމެއް އަންނާނޭ ކަމަށާއި ތަފާތަކަށް ވާނީ މިއަދު ހުންނެވި ފަނޑިޔާރު ހުންނަވައިގެން އަދީބުގެ މައްސަލައިގެ ޝަރީއަތް ދެން ނުހިނގާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. ހައިކޯޓުން ނިންމަވާނީ ޖިނާއީ ކޯޓުން އަލުން މައްސަލަ ބަލަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންވީމާ އިޖުރާތު އޮންނަ ގޮތުން މިއަދު ހުންނެވި ގާޒީއަކަށް ދެވަނަ ފަހަރު އެ މައްސަލަ ބައްލަވަން ނުހުންނެވޭނެ ކަމުގައިވެސް ޝަމީމް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.