ކޯވިޑް-19: އަނެއްކާވެސް 43 ދިވެހިން ޕޮޒިޓިވް

މިއަދު ރާއްޖެއިން 47 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެއީ 43 ދިވެހިންނާއި 3 ބަނގްލާދޭޝީންނާއި އިންޑިއާ މީހެކެވެ.

ލޮކްޑައުން އަށް ލުއިތަކެއް ދިން ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ ގިނަ ވަމުންނެވެ. އެޗްޕީއޭއިން ހާމަ ކުރައްވާ ގޮތުގައި މީހުން ގިނަވާން ދިމާވާ އެއް ސަބަބަކީ ލުއިތަކާއެކު މީހުން ފަރުވާކުޑަވާން ފެށުމެވެ. ގައިދުރުކަމާއި، މާސްކު އެޅުމާއި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ އެހެން ފިޔަވަޅުތަކަށް އެކަށިގެންވާ ސަމާލުކަމެއް ނުދިނުމެވެ.

މިއަދު ބަލި ޖެހުނު މީހުންނާއެކު ރާއްޖޭގައި މިހައިތަނަށް ބަލި ޖެހޔުނު މީހުންގެ އަދަދު 2664 އަށް އަރައިފިއެވެ. ބަލިން ފަސޭހަ ވެފައި ވަނީ 2268 މީހުންނެވެ. މި ވަގުތު ބެލިޖެހިފައި ތިބީ 368 މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.