މިއަދު 64 މީހުންނަށް ކޯވިޑް-19 ޖެހިއްޖެ

ރާއްޖެއިން މިއަދު 64 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެއީ 44 ދިވެހިންނާއި 17 ބަނގްލާދޭޝީންނާއި 2 އިންޑިއަނުންނާއި ނޭޕާލު މީހެކެވެ.

މި އަދަދާއެކު ރާއްޖެއިން މިހައިތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 2617 އެވެ. އޭގެ ތެރެއިން މި ވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދަކީ 361 އެވެ. މިހައިތަނަށް 59981 ސާމްޕްލް ވަނީ ނަގައިފައެވެ. މި ބަލީގައި ރާއްޖެއިން މިހައި ތަނަށް މަރުވީ 13 މީހުންނެވެ.

މި ފަހަކަށް އައިސް ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.