އިތުރު 36 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ދިވެހިރާއްޖެއިން މިއަދު އިތުރު 36 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެއީ 33 ދިވެހިންނާއި 2 ބަނގްލާދޭޝީންނާއި އިންޑިއާގެ އެކެކެވެ.

މި އަދަދާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު2553 އަށް އެރީއެވެ. މީގެ ތެރެއިން 2227 މީހުން ވަނީ ބަލިން މުޅީން ފަސޭހަ ވެފައެވެ. މި ވަގުތު ބަލިޖެހިފައި ތިބި ކަމަށް ވަނީ 306 މީހުންނެވެ. އޭގެ ތެރެއިން 283 މީހުން ތިބީ އެކަހެރިކޮށްފައެވެ. 97 މީހުން ތިބީ ކަރަންޓީނުކޮށްފައެވެ. މި ބަލި ޖެހިގެން ދިވެހިރާއްޖެއިން މިހައިތަނަށް މަރުވެފައި ވަނީ 13 މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.