އައިޖީއެމްއެޗް ތެރެއިން މިހާތަނަށް 11 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވޭ.: ޑރ. ނަޒީމް

އައިޖީއެމްއެޗް ތެރެއިން މިހާތަނަށް 11 މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ނަޒިމް ވިދާޅުވީ މި މީހުންނަށް ކޯވިޑް ޖެހިފައިވާކަން އެނގުނީ ޖުލައި މަހުގެ ދެވަނަ ދުވަހު އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އިންޑޮނޭޝިއާ މީހަކު ނިޔާވުމާ ގުޅިގެން ހެދި ޓެސްޓުން އެމީހާ ކޯވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުން ކަމަށެވެ. 

ޑރ. ނަޒީމް ވިދާޅުވޮގޮތުގައި ބަލިޖެހުނު 11  މީހުންގެ ތެރޭގައި ނިޔާވި އިންޑޮނޭޝިއާ މީހާ އާ އެކު ފަސް ބަލި މީހަކާއި، ހަތަރު ސްޓާފަކާއި ބަލިމީޙުންގެ ތިމާގެ ދެ މީހުން ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން މިހާރު ފުދޭ ވަރަކަށް ހެދިއްޖެ ކަމަށެވެ. އަދި ބަލި މީހުންގެ ތެރެއިން ދެ މީހަކު ފާހގަކުރެވިގެން މިހާރު އެ ދެމީހުން ޑީއެޗް 11 އަށް ބަދަލުކުރެވިފައިވާ ކަމަށްވެސް ނަޒީމް ވިދަޅުވިއެވެ.

މީގެ އިތުރަށް މިއަދު ހެނދުނު ދެ މީހަކު ފާހަގަ ކުރެވުނު ކަމަށާއި އެ ދެމީހުން މިހާރު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކުރެވިފައވާ ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ. ނަޒީމް ވިދާޅުވީ އިއްޔެ އައިސީޔޫގައި ތިބި ބަލި މީހުން ޓެސްޓުކުރެވުނު އިރު ބަލި ޖެހުނު މީހުންގެ އިތުރުން 6 މީހަކު ތިިބި ކަމަށެވެ. ނަަމވެސް އެ ހަ މީހުން ބައްޔަށް ނެގެޓިވް ވެފައިވާ ކަަމަށެވެ.

ނަޒީމް ވިދާޅުވީ އައިސީޔޫިއން ބަލި މީޙުންތަކެއް ކޯވިޑަށް ޕޮޒިޓިވް ވުމާ ގުޅިެގން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ކުރއަށްދާ ކަަމށެވެ. އެގޮތުން އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ވޯޑްތަކަށް ބަދަލުކުރެވިފައި ތިބި މީހުންނާއި، މުއައްޒަފުންނާއި އަދި ބަލިމީހުންގެ އާއިލާ މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.